ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 22:22
ރެންޑަމް ސާމްޕަލިންގެ ތެރެއިން
ރެންޑަމް ސާމްޕަލިންގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
146 މީހަކު ޕޮޒިޓިވްވެ ޖުމްލަ ކޭސްތަކުގެ އަދަދު 6225ށް
މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2413ށް އަރާފައި
މި ވައިރަސްގައި 24 މީހަކު ވަނީ ނިޔާވެފައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބުދަ ދުވަހު 146 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 117 ދިވެހިން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަންގުލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ 5 މީހަކާއި ފިލިޕީންސްއަށް ނިސްބަތްވާ އެކަކު ހިމެނޭ ކަމަށެވެ. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6225ށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2413ށް އަރާފައެވެ. އަދި 152 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު 1،390 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް މި ވައިރަސްގައި 24 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 18 ދިވެހިންނާއި، 6 ބިދޭސީން ހިމެނެއެވެ.

- ކޮމެންޓް