Advertisement
ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 20:54
ކިނބިދޫއިން ޓީމަށް މަރުހަބާ ކިޔުން
ކިނބިދޫއިން ޓީމަށް މަރުހަބާ ކިޔުން
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި
ކިނބިދޫގައި މިރޭ އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ އޮންނާނެ
ތ. އަތޮޅަށް ކެމްޕޭން ޓީމުން ކުރާ ދަތުރުގައި އެ އަތޮޅުން އެމްޑީޕީއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން
ކޮންމެ ރަށެއްގައިވެސް ދޮރުން ދޮރަށް ހިނގާ އާންމު ރައްޔިތުންގެ ހާލު ބަލާ

ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ވަފްދު ތ. ކިނބިދޫއަށް ޒިޔާރަތް ކުރުމުން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި އެވެ.

 

ކެމްޕެއިން ޓީމް ކިނބިދޫއަށް ދިއުމުން އެޕާޓީގެ އިސްވެރިންނަށް މަރުހަބާ ކިޔާފައި ވަނީ އެއަތޮޅުގައި ތިބި އެމްޑީޕީ އާއި އަދި ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ ފަރާތްތަކުންނެއެވެ.

 

މިޓީމް މިއަދު ދަތުރުކޮށްފައިވަނީ ކަނޑޫދޫ އަދި ކިނބިދޫ އަށެވެ. ކަނޑޫދޫ ގައި ބައްދަލުވުން ބާއްވާ ދޮރުން ދޮރަށް ހިނގާފައިވާއިރު ކިނބިދޫގައިވެސް ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައެވެ.

 

މީގެ އިތުރުން ކިނބިދޫގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ އޮންނާނެ އެވެ. މިޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މާދަމާ ވެސް ތ. އަތޮޅުގެ އެކި ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ތ. އަތޮޅަކީ 18،000 މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް