ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 08:36
ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ށ. ކޮމަންޑޫ ބަނދަރު
ށ. ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 73 އިންސައްތަ ނިމިއްޖެ
މި މަޝްރޫޢު އަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 73 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް ދަނީ އެއްގަމުތޮށީގެ އިންފާރު ލުމާއި ކެޕް ކުރުމުގެ މަސައްކަތް ކަމަށެވެ.

ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން

އެމްޓީސީސީން އިތުރަށް ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަަމަށެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 08 ވަނަ ދުވަހުއެވެ.

- ކޮމެންޓް