ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 17:57
އައިސްޕްލާންޓް ސަރަހައްދުގައި އެއްގަމުތޮށި ލާފައި؛ މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން
އައިސްޕްލާންޓް ސަރަހައްދުގައި އެއްގަމުތޮށި ލާފައި؛ މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން
އެމްޓީސީސީ
ތިނަދޫ ބަނދަރުގެ މަސައްކަތް
ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ނިންމާލައިފި
މިމަޝްރޫޢުގެ ދަށުން 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވޭ
ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކޮށްފައިވޭ

ގދ. ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށިލުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

މި މަސައްކަތް ނިންމާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ދަށުން 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1859.01 ކިއުބިކް މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއައި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތައް ސަރުކާރުން ޙަރަދުކޮށްފައިވަނީ 21.04 މިލިއަން ރުފިޔާއެވެ. ތިނަދޫ އަކީ ގާތްގަނޑަކަށް 10 ހާސް މީހުންގެ އާބާދީއއް އޮންނަ ރަށެކެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ބޭނުންކުރާ ރަށަކަށް ވެފައި ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދުމަށް އެރަށަށް އަންނާތީ ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެއެވެ.

އެމްޓީސީސީން އަންނަނީ އެ ރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ވެސް ކުރަމުންނެވެ.

- ކޮމެންޓް