Advertisement
ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 16:45
ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ
ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ޖައިޝަންކަރު
ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންކަރު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާނެ

އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމާއި ބައްދަލުކުރައްވައިފިއެވެ.

އެ ދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދޭތޭރޭގައި އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ
އިންޑިއާގެ ފޮރިން ސެކެޓްރީ ރާއްޖެ ވަޑައިގެންފައި ވަނީ ބުދަދުވަހުގައެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް ވަރަށް ބޮލަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންކަރު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާނެއެވެ.

އެގޮތުން އިދިކޮޅު ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާތަކެއް ކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް