Advertisement
ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 15:48
ގާސިމް އިބްރާހިމާއި އަބްދުﷲ ރިޔާޒް
ގާސިމް އިބްރާހިމާއި އަބްދުﷲ ރިޔާޒް
ޓްވިޓަރ
ގާސިމާއި ރިޔާޒް
ގާސިމާއި އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ފޮނުވައިފި
ގާސިމްގެ މައްޗަށް ތިން ދައުވާއެއް
ރިޔާޒުގެ މައްޗަށް ދައުރަށް ހުރަސްއެޅުމުގެ ދައުވާއެއް
ދައުވާކޮށް، މައްސަލަތައް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި، ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އޮފިޝަލް ވިދާޅުވީ، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސްއަޅަން އުޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ ގާސިމާއި ރިޔާޒްގެ މައްޗަށް ދައުވާކޮށް، އެ މައްސަލަތައް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

 

ފުލުހުންގެ ބަންދުގައި މިވަގުތު ހުންނެވި ގާސިމްގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ވޯޓް ނެގުމަށް އެޖެންޑާކޮށް، ވަގުތު ކައިވެރިވެފައިވަނިކޮށް، ގާސިމް ބޭނުންފުޅުވާ ވަކި ގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިއްވުމުގެ އަމަލުތައް ހިންގަވާފައިވާ ތުހުމަތު ކުރެވޭތީ އާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރި އެވެ.

 

މީގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭތީ އާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތަކެއް ކުރާކަމަށް ވެސް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.

 

އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ދިވެހިރާއްޖެ މާފިޔާ ގޭންގަކަށް ވުމަށް ޤަބޫލު ނުކުރާކަމާއި، އަދި ފުލުހުން ވެސް އެކަން ބޭނުން ނުވާނެ ކަމަށް" ވިދާޅުވެ ރިޔާޒް ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހުން ސުވާލުކޮށްފައިވެ އެވެ. ރިޔާޒްގެ މައްޗަށް ކޮށްފައިވަނީ ފިތުނަ އުފެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތެވެ.

 

ފުލުހުންގެ ބެލުމުގެ ދަށަށް ރިޔާޒްގެ ފޯނު ގެންދިޔައިރު، ފޯންގެ ލޮކްކޯޑް ދޭން އެދުމުން ރިޔާޒް ވިދާޅުވެފައި ވަނީ ލޮކް ކޯޑް ހަނދާން ނެތް ކަމަށެވެ. އެއާއެކު ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި އެވެ.

 

ގާސިމް މިވަގުތު ހުންނެވީ ހައްޔަރުކޮށްފައެވެ. ގާސިމްގެ ބަންދުގެ މުއްދަތު މާދަމާ އަށް ހަމަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 އޭޕްރިލް 2017 | ބުދަ 13:44
ހަސަނު
ﷲގެ ޔަދު ޤުދުރަތްތެރިކަން ނިކަން ދެކިބަލަ ބޮޑުބަޣާވާތެއްކުރުމުގެ ހިތި ނަތީޖާ ފެނިގެން މިދަނީ ބަޣާވާތުަގެ އެއްމެހާ ބައިވެރިން ޖަލަށްގޮސް ހުސްވަނީ
12 އޭޕްރިލް 2017 | ބުދަ 12:58
ކަނައްކަފޫޅު
ޝަރީއަތުގެ 2 އަޑުއެހުމަށްފަހު މަދުވެގެން 18 މަސްދުވަހުގެ ޖަލުހުކުމެއް ގާސިމްއަށް އަދި 9 މަސްދުވަހުގެ ޖަލުހުކުމެއް ރިޔާޒަށް ދެންވާ ކޮއިފުޅާ މިއޮތީ ދުނިޔެ ފެނިފާ
12 އޭޕްރިލް 2017 | ބުދަ 12:43
ކަނައްކަފޫޅު
ސަހަރޯ ބަޣާވާތުގެ އެއްމެހާ ބައިވެރިން ޖަލަޢް ގޮސް ހަމަވަނީ ދެން ބާކީ ތިބީ ހަމަ އެއްމެ ދެމީހުން އެދެމީހުންވެސްޖަލަށް ދިއުން ދުރެއްގައެއް ނެތް
12 އޭޕްރިލް 2017 | ބުދަ 11:22
Aminath
Keekurani؟