Advertisement
ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 04:13
ހުކުރު ދުވަހު ބަންދުގެ މުއްދަތުޖެހުމަށްފަހު ޤާސިމް އިބްރާހިމް އަނބުރާ ދޫނިދޫއަށް ގެންދަނީ
ހުކުރު ދުވަހު ބަންދުގެ މުއްދަތުޖެހުމަށްފަހު ޤާސިމް އިބްރާހިމް އަނބުރާ ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރުކުން
ޤާސިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލައިފި
މައްސަލަ ބޭރުކޮށްލީ ބަންދުގެ މުއްދަތަށް 6 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވުމުން
މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ، އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ އިޖުރާއަތްތަކާ ހިލާފަށް ގާސިމް ބަންދުކޮށްފައި ހުރުމުން
ގާސިމް ވަގުތުން މިނިވަން ކުރުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިދިނުށް ހުށައެޅުމުން މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން މާމިގިލި ދައިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހިމްގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒާ ހިސާން ހުސެއިން ވިދާޅުވީ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާކަމަށާއި، މައްސަލަ ބޭރުކޮށްލީ ބަންދުގެ މުއްދަތަށް 6 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށެވެ.

 

ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށްއެދި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ އިޖުރާއަތްތަކާ ހިލާފަށް ގާސިމް ބަންދުކޮށްފައި ހުރުމުން ކަމަށް ގާނޫނީ ޓީމުން ހާމަކޮށްފައިވެއެވެ.

 

އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ ކުށުގެ ވެށިން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރަން ޖެހޭނީ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ކޯޓް އަމުރެއް ހޯދައިގެން ކަމަށެވެ. ނަމަވެސް ގާސިމް ހައްޔަރުކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެެއް ނެތި ފުލުހުން އަމިއްލަ އަށް ކޯޓް އަމުރެއް ހޯދައިގެންނެވެ.

 

އެހެންވެ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށާއި އެއީ ރަހީނު ކުރުން ކަމަށެވެ.

 

ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރުން ގާސިމް ވަގުތުން މިނިވަން ކުރުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ގާސިމް ބަންދުގައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ މައްސަލަ ބަލައި ދިނުމަށް އެޗްއާރުސީއެމް އަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް