Advertisement
ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 02:50
 "ދިރިއުޅުމަކީ މިއީބާ" ގެ އެއްބަސްވުމުގައި ސޮއިކުރުން
"ދިރިއުޅުމަކީ މިއީބާ" ގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެއެމްވީ
"ދިރިއުޅުމަކީ މިއީބާ"
"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
މި ސިލްސިލާގެ އެޕިސޯޑްތައް ދެއްކުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެޓީވީއާއި އެކު އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ
މިއަހަރުގެ ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދޭނީ، މި ސިލްސިލާގެ 200 ވަނަ އެޕިސޯޑުން ފެށިގެން

މުޖުތަމައުގައި އެ އިރެއްގައި ހިނގާ މައްސަލަތަކާއި ގުޅޭގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓާރ ޔޫސުފް ރަފީއު (ޔޫސޭ) ތައްޔާރުކުރާ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް ދެން ފެންނާނީ ރާއްޖެޓީވީންކަމަށް ޔޫސުފް ރަފީއު ވިދާޅުވެއްޖެއެވެ.

 

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދިމުމަށް ހަމަޖެހިފައިވާ ހެއްވާ މަޖާ މި ސިލްސިލާގެ އެޕިސޯޑްތައް ދެއްކުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެޓީވީއާއި އެކު އަންގާރަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ޔޫސުފް ރަފީއު ސޮއިކުރެއްވިއިރު، ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ އެވެ. 

 

މި އެއްބަސްވުމުގައި ސޮއިކުރައްވަމުން ޑައިރެކްޓަރު ޔޫސުފް ރަފީއު ވިދާޅުވީ، މީ އެތައް ދުވަހެއްގެ އިންތިޒާރުކަމަށާއި، ރާއްޖެޓީވީފަދަ ބޮޑު އޯޑިއަންސްއަކުން "ދިރިއުޅުމަކީ މީއީބާ؟" ގެ އެޕިސޯޑްތައް ދެއްކުމަށް ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ބެލުންތެރިން 4 އަހަރު ދުވަހު މެދުނުކެނޑި ކުރި އިންތިޒާރެއްގެ ނިމުންކަމަށް ޔޫސޭ ވިދާޅުވިއެވެ.

 

 

މި އެއްބަސްވުމުގައި ސޮއިކުރައްވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، "ދިރިއުޅުމަކީ މީއީބާ؟" ގެ އެޕިސޯޑްތައް ރާއްޖެޓީވީން ދެއްކުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށާއި، އެ ފުރުސަތު ތަނަވަސް ކޮށްދިނީތީ، ޑައިރެކްޓަރ ޔޫސޭއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި "ދިރިއުޅުމަކީ މީއީބާ؟"ގެ ސަބަބުން ރޯދަމަހުގެ ކޮންޓެއްޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ފިޔާޒް ވިދާޅުވިއެވެ.

 

މުޖުތަމައުގައި އެއިރެއްގައި ހުންނަ އެންމެ ޓްރެންޑިން މައްސަލަތަކާއި ގުޅޭގޮތުން ގެނެސްދެމުންދާ "ދިރިއުޅުމަކީ މީއީބާ" ހުއްޓުމެއް ނެތި ގެނެސް ދޭތާ މިއީ 37 ވަނަ އަހަރެވެ. އަދި މިއަހަރުގެ ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދޭނީ، މި ސިލްސިލާގެ 200 ވަނަ އެޕިސޯޑުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް