Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 23:34
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން
ގޫގުލް
ހަނީފް މަޤާމުން ވަކިކުރުން
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި
ވަކިކުރި ސަބަބެއް ހާމައެއް ނުކުރޭ
ހަނީފް ވަނީ 10 ދުވަހަށް ބަންދުކޮށްފައި
ހެއްކެއްގެ ގޮތުގައި ހަނީފްއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެއް

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފު، އެ މަގާމުން އަންގާރަ ދުވަހު ވަކިކޮށްފި އެވެ.

 

ރައީސް އޮފީހުން ބުނީ ގއ. ވިލިނގިލި، ރޯޒިން ވިލާ، އިބްރާހިމް ހަނީފު، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުން އަންގާރަ ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފްއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ހަނީފް ހުންނަ ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށެވެ. އަދި އޭނާއަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަރާތެވެ.

ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ހަނީފަކީ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެއިންގެ އަރިސް ބޭފުޅެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް