Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 19:31
އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާ ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް
އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާ ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ މަސައްކަ
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
އދ އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާއި ވަނީ ބައްދަލުކޮށްފަ
ގާސިމް ހައްޔަރުކުރި މައްސަލަ ވަނީ ހިއްސާކޮށްފަ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސްލާހަށް ފެށި މަސައްކަތުގެ ތެރެއިން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހެންވޭރު އުތުރު ދައިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމް މައުމޫން ޕެކްޝަނުން ރައްޔިތުންނަށް އަނބުރާ ޑިމޮކްރަސީ ގެނެސްދިނުމުގެ ގޮތުން އަންގާރަ ދުވަހު ފެށިގެން ދިޔައީ، ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ސަފީރުންނާއި ސްރީލަންކާގައި ތިބި ސަފީރުންނާއި ގައުމުތަކުގެ ރިޕްރެޒެންޓޭޓުންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އދ އިން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރާއި ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބައްދަލުކޮށް، ސަރުކާރުގެ ހުދުމުހުތާރު އަމަލުތަކުގެ ސާފު މައުލޫމާތު ދީފަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ ހަމަތަކާ ހިލާފަށް، ބަންދުކޮށްފައިވާ މައްސަލަވެސް، އދގެ ސަމާލުކަމަށް ވަނީ ގެނެސްފަ. އަދި އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް  އެމަނިފާނުގެ މައްޗަށް އުފުލާފައިވާ ނުހައްގު ދައުވާތަކުގެ މައުލޫމާތު ވާނީ ހިއްސާކޮށްފަ." ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރުއީ ނިޒާމު ހިސޯރުކޮށްގެން ސަރުކާރުން ކުރަމުންގެންދާ އަމަލުތަކާއި މީޑިޔާއަށް ކުރިމަތިކުރުވަމުންދާ ފިއްތުންތަކާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިންގަމުންދާ ގާނޫނު އަސާސީއާއި ހިލާފު ކަންކަން އދ އާއި ހިއްސާކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުންތަކާ ގުޅޭ ގޮތުން ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ގާސިމް ހައްޔަރުކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ހަގީގީ މައުލޫމާތު އދ. އާއި ހިއްސާކޮށްފައިވާ ކަމަށެވެ.

"ގާސިމްގެ ބައްދާ ގުޅޭ ގޮތުން ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު ވަނި ދެވިފަ. މީގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ވާނީ ހިއްސާކޮށްފަ" އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

މީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ގެއްލިގެންދާ ހައްގުތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯޅްޑިވްސް އެޗްއާރްސީއެމް އާއިވެސް އަންގާރަ ދުވަހު ހިއްސާކޮށްފަ އެވެ.

ބައިނަލްއަގްވާމީ ފަރާތްތަކާ މި މައުލޫމާތުތައް ހިއްސާކުރަމުންދާ އިރު، ޔޫރަޕްގެ އިއްތިހާދުންނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ފަރާތެއް އޮތުމަކީ ވަރުގަދަ ޑިމޮކްރަސީއަކަށް ލާޒިމް ކަމެއް ކަމަށާއި، އެކަމަށް ސަރުކާރުން ޖާގަ ދޭން ޖެހޭކަމަށް ގޮވާލައްވާފައިވެ އެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުން ވެސް ވަކި ފަރާތަކަށް ނުޖެހި ދިވެހިރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި ސަރުކާރަށް އެހީތެރިވާންޖެހޭ ކަމަށް ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް