Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 14:26
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
ގޫގުލް
މާލިއްޔަތު ކޮމެޓީ
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މާލިއްޔަތު ކޮމެޓީގެ މެންބަރެއް
ރިޔާޒްގެ ބަދަލުގައި ފޭދޫ މެންބަރު އިބްރާހިމް ދީދީ
ރިޔާޒު ވަކިކުރި ސަބަބެއް ހާމައެއް ނުކުރޭ

އެތައް އަހަރަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަކިކޮށްފި އެވެ.

 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުﷲ މަސީހު ވަނީ މާލިއްޔަތު ކޮމެޓީން ރިޔާޒް ވަކިކޮށް، އެ ކޮމެޓީއަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައެވެ.

 

ރިޔާޒުއަކީ މާލިއްޔަތު ކޮމެޓީގެ މެންބަރު ކަމުގައި ހުންނަވާތާ އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. އެގޮތުން މާލިއްޔަތު ކޮމެޓީއަށް ފުރަތަމަ ރިޔާޒް ހަމަޖެއްސީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އެއިރު ރިޔާޒް ހުންނެވީ، މިހާރު އުވިފައިވާ ގައުމީ ޕާޓީގައެވެ.

 

އޭގެ ފަހުން މިހިނގާ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ވެސް މާލިއްޔަތު ކޮމެޓީގެ މެންބަރު ކަމަށް ރިޔާޒް ވަނީ ހަމަޖައްސާފަ އެވެ.

 

މާލިއްޔަތު ކޮމެޓީން ރިޔާޒް ވަކިކުރި ވަކި ސަބަބެއް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ރިޔާޒުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 އޭޕްރިލް 2017 | އަންގާރަ 20:25
vakachiko andhony
huri hithaamaehge bodukamaa eve. Mikahala thandhoru nudhanna meehun gaumehge gaanoon hadhaa majileehah gennan vote dhin meehunge jaahilukamaa eve. Beyrukuranvy hurihaa comety akunves.
11 އޭޕްރިލް 2017 | އަންގާރަ 15:17
ޕްރިންސެސް
Thanx...adhives thimaa ulhenee baaruge beynunkoggen ehen meehun fiththeytho...echcheh visneyne kamah ummeedhu kuran..
11 އޭޕްރިލް 2017 | އަންގާރަ 13:50
ބޯދިގު
އަދިވެސް ރިޔާޒު އަނގަތަޅުވާތި ތިމާވަރުގެ މީހަކު ނެއްކަމަށް ހިތަށް އަރައިގެން ތެޅިބާލަނީ ހިތަކަށްނާރާ ތިމާ ނޫޫނަސް މީހުން ތިބޭނެކަމެއް ކަނޑުގަ މަހެއްފަހާލާވަރުގެ މަހެއް އުޅެދާނެކަމަށް އަބަދުވެސް ވިސްނާންވާނެ ތިމާގެ މޮޅުކަން ހީކޮށް ބޮޑާވާކޮންމެ މީހަކަށް އޮތީ ގެއްލުމާ ހަލާކު