Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 20:38
ރައުދާ ސީރަތު ޕްރަވީން މުހައްމަދާއެކު، އާއިލާއިން ވަނީ ސީރަތަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި
ރައުދާ ސީރަތު ޕްރަވީން މުހައްމަދާއެކު، އާއިލާއިން ވަނީ ސީރަތަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި
އިންސްޓަގްރާމް
ރައުދާގެ މަރު
ރައުދާގެ މަރު ތަހުގީގު ކުރަން ދިޔަ ޓީމް އަތުވެއްޖެ، މައުލޫމާތު މީޑިއާއާ ހާމަކުރާނަން: ޕޮލިސް
ރައުދާ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި
ބަންގްލަދޭޝުން ހެދި އޮޓޮޕްސީ ރިޕޯޓުން ރައުދާ އަމިއްލައަށް މަރުވިކަމަށް ކަނޑައެޅިނަމަވެސް، އާއިލާއިން ބުނަނީ ރައުދާ މަރާލާފައިވާކަމަށް

ބަންގްލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރު ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދިޔަ ދެ އިންވެސްޓިގޭޓަރުން އަނބުރާ ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއްމްވީއާ ހޯމަ ދުވަހު ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ ޓީމް ރާއްޖެ އަނބުރާ އައިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ތަހުގިީގާ ގުޅުން ހުރި އެއްވެސް ވާހަކައެއް ހާމައެއް ނުކުރެއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ދިޔަ ފުލުހުންގެ ޓީމް ރާއްޖެ އަތުވެއްޖެކަމަށާއި، ތަހުގީގާ ގުޅުން ހުރި މައުލޫމާތު މީޑިއާއާ ހިއްސާ ކުރާނެކަމަށެވެ.

އަދި އެ މައްސަލަ ބަންގްލަދޭޝްގެ ރާޖްޝާހީ ޗީފް މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، މި މައްސަލަ ކޯޓަށް ވެއްދުމަށް ބޭނުންވާ މައުލޫމާތު ދިވެހި ފުލުހުން ހިއްސާ ކުރިތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެ މުއައްސަސާއިން ދަނީ އާއިލާއަށް ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮށްދެމުން ކަމަށެވެ.

އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕްރަވީން މުހައްމަދުގެ މައްޗަށް ދައުވާކޮށް އާއިލާ އިން މައްސަލަ ހުށަހަޅާފައިވާއިރު، ރައުދާގެ އައިފޯން ދިވެހި ފުލުހުން ވަނީ 'އަންލޮކް'ކޮށްފައެވެ. އަދި ފޯނު ހުޅުވުމުން ތަހުގީގަށް މުހިއްމު މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައިވެއެވެ. ނަމަވެސް ކޯޓަށް ހުށަހެޅި ލިޔުން ތަކުގައި ފޯނުން ލިބިފައިވާ މައުލޫމާތެއްގެ ވާހަކައެއް ނެތެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފޯނުން ލިބުނު ހެއްކެއް އާއިލާއާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ރައުދާ މަރުވި ދުވަހުގެ ކުރީ ރޭ އޭނާގެ ލޯބިވެރިޔާއާ ހޫނު ޒުވާބެއް ހިނގާފައިވާކަމާއި، ބައްޕައަށް ވެސް މެސެޖް ދައްކާފައިވާކަމަށް ބަންގްލަދޭޝްގެ ދަ ޑެއިލީ ސްޓާގައި ރިޕޯޓްކޮށްފައިވެއެވެ.

ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް

ބަންގްލަދޭޝްގައި ރައުދާ ކިޔަވަމުންދިޔަ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލް ރޫމްގައި ރައުދާ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައެވެ. ބަންގްލަދޭޝުން ހެދި އޮޓޮޕްސީ ރިޕޯޓުން ރައުދާ އަމިއްލައަށް މަރުވިކަމަށް ކަނޑައެޅިނަމަވެސް، އާއިލާއިން ބުނަނީ ރައުދާ މަރާލާފައިވާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް