Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 17:18
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ
ޕީޕަލް މެގަޒިން
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ
މަޖިލީހުގެ ރައީސަށް ތާއީދެއް ނެތް- ރޮޒޭނާ

މަޖިލީހުގެ ރައީސްގެ ގޮނޑި ދެމެހެއްޓޭނީ ގޮޑީގައި ޑަންޕޮލްލައިގެން އެކަނި ކަމަށާއި އެމަނިކުފާނަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށް އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް މިއަދު ފެނިގެންދަނީ، އެމަނިކުފާނަށް ނެތް ތާއީދެއް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި މިއީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ.

ރޮޒޭނާ ވިދާޅުވީ، ތާއީދު ނެތް ގޮޑިއެއްގައި އިންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

" ޑައްލޮޕު ފުޅިއެއްތޯ ބޭނުނައްވަނީ ތަތްކޮށްފަ އަޅުގަނޑުމެން ބައިންދާއިދޭން. އަޅުގަނޑަށް ހީވަނީ އަމީންއާއްމު ލައްވާ އެކަން ކުރެވޭނެހެން. ތާއީދު ނެތަސްވެސް ގަދަލަމުން ތި ގޮނޑީގައި މަނިކުފާނު އިންނަންވެގެން ތިކުރައްވާ މަސައްކަތުން އަޅުގަނޑުމެން ހައިރާންވެ އަންތަރީސް ވާވަރުވޭ" ރޮޒޭނާ ވިދާޅުވި އެވެ.

 މިހާރު ހުށަހަށާއަޅާފައިވާ އިސްލާހަށް ބަލާ އިރު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅުމަށް ވެސް 29 މެންބަރުންގެ ސޮއި ބޭނުންވާކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ރައީސުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ސިމްޕަލް މެޖޯރިޓީ  ބޭނުންވާ އިރު މަޖިލީހަށް 22 މެންބަރުން އައި ނަމަ 11 މެންބަރުންގެ ވޯޓުން މި މައްސަލަ ނިމޭ ކަމަށް ރޮޒޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް 42 މެންބަރުން ވޯޓާއި އެކު މަޖިލީހުގެ ރައީސުގެ މައްސަލަ ވެއްދޭގޮތަށް ފާސްކުރުމަށް ނިންމެވުމަކީ އެއްގޮތަކަށްވެސް މިކަމުގެ ހަމައެއް ނެތްކަން ސާބިތުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އިންސާފުން ކުރައްވަމުންގެންދަވާ ކަމެއް ނޫން ކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މެންބަރުން މިއަދު މިގޮތަށް ކަންތައްތައް ކުރައްވަމުން ގެންދަވަނީ މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށާއި އެހެން ނޫންނަމަ އެއް މެންބަރުގެ ސޮޔާ އެކު ވެސް މައްސަލަ ވެއްދުމަށް އެ މެންބަރުންގެ އިއުތިރާޒެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ މަޖިލީހަށް ގެންނަ އިސްލާހުތަކަކީ ޑިމޮކްރަސީގެ އުސޫލުތަކާއި މުޅިން ހިލާފަށް ކުރަމުންގެންދާ ކަމެއް ކަމަށެވެ.

" މުޅި މަޖިލީހުގެ ބާރުތައް ގެންދަން މަސައްކަތް ކުރާ މަސައްކަތުގެ ސަބަބުން މަޖިލީހުގެ މެންބަރުވެސް މީގެ ހިތި ނަތީޖާ ދެކޭން ޖެހިދާނެ" ރޮޒޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވަނީ ސަރުކާރުން ހިންގަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ވިދާޅުވެ ސަރުކާރުން ނުފޫޒާ ބާރު ފޯރުވުމަށް ކުރައްވަމުން ގެންދަވާ ކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް