Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 07:31
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތް
އެބޭފުޅުން އެބޭފުޅުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ރިޔާޒް
ސަރުކާރުން މިހާރު ކުޅެމުންދަނީ، ޤަވާއިދުގެ ބޭރުން
ކޮމެޓީތަކުގައި ތިބި ޕީޕީއެމް މެންބަރުންވެސް ވަނީ ބަދަލު ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ނުވެއްދޭ ގޮތައް ޤަވާއިދަށް އިސްލާހު ގެންނަން އުޅުމުގެ ތެރޭގައިވެސް ހާމަވެގެން ދިޔައީ ޕީޕީއެމް މެންބަރުން އެމެންބަރުންނަށްވެސް އިތުބާރު ނުކުރާކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވާ ރިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެރޭ މ ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޢަބްދުﷲ ރިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރައްވަނީ ހަމައެކަނި ސިޔާސީ ގޮތަކުން ނޫން ކަމަށާއި ކުޅުއްވަމުން އެގެންދަވަނީ ޤާނޫނާއި، ހެދިފައިވާ ޤަވާއިދު ތަކުން ބޭރުން ކަމަށެވެ.

އެގޮތުން ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެގުމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ 42 މެންބަރުންގެ ސޮޔާއި އެކުކަމަށް ޢާއްމު ކޮމެޓީން ނިންމި ނިންމުމުގެ ކުރިން އެކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ މެންބަރުންވެސް ބަދަލު ކުރެއްވި ކަމަށާއި އެކަމުން ދޭހަވަނީ އެބޭފުޅުން އެބޭފުޅުންނަށްވެސް އިތުބާރު ނުކުރެއްވުން ކަމަށެވެ.

ސަރުކާރުން އެކުޅުއްވަނީ ހަމައެކަނި ސިޔާސީ ގޮތަކުންނެއް ނޫން. ހެދިފައިވާ ޤާނޫންތަކާއި ހެދިފައިވާ ޤަވާއިދު ތަކުގެ ބޭރުން އެކުޅުއްވަނީ. މިގެނައި ބަދަލު ގެންނެވުމުގެ ކުރިން އެކޮމެޓީގައި ތިއްބެވި ބޭފުޅުންވެސް ބަދަލު ކުރެއްވީ

ރިޔާޒް ވިދާޅުވީ މިކަމަކީ ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ މަސައްކަތް ކާމިޔާބު ވެދާނެތީ ކުރާ ކަންކަން ކަމަށާއި މިއީ ޕީޕީއެމްގައި ތިއްބެވި ވޯޓު ދެއްވަން ބޭނުނަފުޅުވާ، ހެޔޮ ވިސްނޭ ބޭފުޅުން ވޯޓު ދެއްވަފާނެތީ ކުރައްވާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް