ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 03:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް
ގޫގުލް
މަސީހުގެ އިތުބާރުގެ މައްސަލަ
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
އަރާނެ ގޮޅިތައް ވަރަށް އަވަހަށް ހުސްވާނެ
ކޮމިޓީގެ ބައްދަލުވުން ބޭއްވީ ބައެއް މެމްބަރުން ބަދަލުކުރުމަށް ފަހު
އިސްލާހި މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖުމުލަ 31 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމާއެކު، އެ މައްސަލަ ބޭރުކޮށްލެވޭ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ގެންނަން އާންމު ކޮމިޓީން ފާސްކުރި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

 

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ބުނެ، އެ ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ މަޖިލީހުގެ ތަޅުމަށް ގެންނަން އެޖެންޑާ ކުރެވޭނެ، އަދި ބަހުސްކުރެވޭނެ މައްސަލައެއް ވެސް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

 

ގާނޫނު އަސާސީގައި އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ 28 މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭ ކަމަށާއި މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭކަން ފާހަގަ ކުރެއްވުމަށް ފަހު އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނެ އަދަދެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތަސް، 42 މެމްބަރުންގެ ސޮޔާއެކު ނޫނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހަށް އެންމެ މެމްބަރަކު ހާޒިރުވެގެން ވެސް ކުރެވޭނެ ކަމެއް ކަމަށާއި ނަމަވެސް 42 މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭ ގޮތަށް ބަދަލުކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ މިގޮތަށް ގާނޫނާ ހިލާފު އަމަލުތައް ކުރަމުން ގޮސް އަރާނެ ގޮޅިތައް ވަރަށް އަވަހަށް ހުސްވާނެ ކަމަށެވެ.

 

ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަން ކޮމިޓީން ފާސްކުރި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ބަދަލުތައް ގެންނަނީ އިދިކޮޅު ފަރާތްތަކަށް ލިބެމުންދާ ކާމިޔާބު ފެންނާތީ އެކަން ވިޔަ ނުދިނުމަށް ކަމަށެވެ.

 

- ކޮމެންޓް