Advertisement
ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 22:07
މަޖިލިސް: ގަވާއިދަށް އިސްލާހް ގެނައުމަށް ވަނީ ނިންމާފައި
މަޖިލިސް: ގަވާއިދަށް އިސްލާހް ގެނައުމަށް ވަނީ ނިންމާފައި
ޓްވިޓަރ
މަސީހުގެ އިތުބާރުގެ މައްސަލަ
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
ގަވާއިދަށް އިސްލާހް ހުށަހެޅުއްވީ މުހައްމަދު އިސްމާއީލް
ގަވާއިދު އިސްލާހް ހުށަހަޅާފައިވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނިކޮށް
އެގޮތަށް ފާސްކުރީ 9 މެންބަރުންގެ ތާއީދާއެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވަނިކޮށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް ކަނޑައެޅުމަށްޓަކައި އާންމު ކޮމިޓީން ފާސްކޮށްފި އެވެ. 

މިއީ މަޖިލީޙުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރުމުގެ އަޣުލަބިއްޔަތު ވޯޓެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހުގެ މެންދުރު ހުށަހަޅާފައި ވަނިކޮށް، ހަވީރު 4:30 ހާއިރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުން، މަޖިލީޙުގެ ގަވާއިދަށް ބަދަލު ގެންނަން ފާސްކުރީ ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ވޯޓް ނެގި ވަގުތުން އެމްޑީޕީގެ ދެ މެމްބަރުންނާއި ޖޭޕީގެ މެމްބަރަކު ކޮމިޓީ ދޫކުރައްވައި ނުކުމެވަަޑައިގެންނެވިއިރު، ކޮމިޓީގައި ހުންނެވި އެމްޑީޕީގެ ހަމައެކަނި މެމްބަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވޯޓް ދެއްވީ އެ އިސްލާހު ފާސް ނުކުރުމަށެވެ. 

ކޮމިޓީ ދޫކުރައްވާ ނުކުމެވަޑައިގަތީ ތޮއްޑޫ ދާޢިރާގެ މެންބަރު އިބްރާހީމް ހަސަން އާއި ފެލިދޫ ދާއިރާގެ މެންބަރ އަހުމަދު މަރްޒޫގް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުހައްމަދު ފަލާހް އެވެ. 

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްލާމާއިލް ހުށަހަޅުއްވައި ކޮމިޓީން ފާސްކުރި މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މިހާރު ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ބާތިލްވެގެންދާނެ އެވެ. 

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެންނަން ފާސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް މި ބަދަލުގެ އަސަރެއް ނުކުރެ އެވެ. 

މި ބަދަލު ކޮމިޓީން ގެނައިއިރު، މިއަދު ހަވީރު ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޕްރެސް ކޮންފަރެންސްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަސީހުގެ ވޯޓް ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވޭނެ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޭޕްރިލް 2017 | އާދީއްތަ 18:24
ހ މ ޒ
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ! އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ!؟