ކ. މާލެ
|
26 ޖޫން 2020 | ހުކުރު 02:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޓްރަޕްމް ވަނީ އެކި މުނާސަބަތުތަކުގައި އަންހެން ކަނބަލުންނަށް ޤަދަރު ކުޑަވާ މޭރުމުން ވާހަކަފުޅު ދައްކަވާފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޓްރަޕްމް ވަނީ އެކި މުނާސަބަތުތަކުގައި އަންހެން ކަނބަލުންނަށް ޤަދަރު ކުޑަވާ މޭރުމުން ވާހަކަފުޅު ދައްކަވާފައި
ގޫގުލް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
"އަންހެނުން މަތީ މަޤާމުގައި ތިއްބެވުމަކީ ޓްރަމްޕް އެހާ ހިތްޕުޅާވާ ކަމެއް ނޫން"
ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މަރކެލްއާ މެދުވެސް ރައީސް ޓްރަމްޕް ހިތްހަމްޖެހިވަޑައިނުގަންވާ
ޑޮނަލްޑް ޓްރަމްޕަކީ ޚާރިޖީ ސިޔާސަތުތަކާ ބީރައްޓެހި ބޭފުޅެއް ގޮތުގައި ބޮލްޓަން ސިފަ ކުރެއްވި

އަންހެނުން މަތީ މަޤާމުތަކުގައި ތިއްބެވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމެއް ކަމަށް ޓްރަމްޕްގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޯން ބޮލްޓަން ވިދާޅުވެއްޖެއެވެ.

"ސްކައި ނިއުސް"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބޮލްޓަން ވަނީ ރައީސް ޓްރަމްޕާއި، ސިޔާސީ މައިދާނުގައި އުޅުއްވާ އަންހެން ބޭކަނބަލުންނާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ބޮލްޓަން ވިދާޅުވީ، އަންހެނުން މަތީ މަޤާމުތަކުގައި ތިއްބެވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެހާ ހިތްޕުޅާވާ ކަމެއް ނޫން ކަމަށެވެ.

ބޮލްޓަން ވިދާޅުވީ، ރައީސް ޓްރަމްޕަކީ އަބަދުވެސް "ވާހަކަ ދައްކަވަން" ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. އެއާ ޚިލާފަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ ފަދަ ބޭކަނބަލުން ވާހަކަ ދައްކަވާނީ ކޮންމެހެން ވާހަކަ ދައްކަން ޖެހޭ ޙާލަތްތަކުގައި ވާހަކަ ދައްކަވަން ޖެހޭ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މަރކެލްއާ މެދުވެސް ރައީސް ޓްރަމްޕް ހިތްހަމްޖެހިވަޑައިނުގަންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެނިފައިވާ ހުރިހާ ކަމަކަށް ބަލައި، އެމަނިކުފާނަކީ އަންހެނުން, ލީޑަރުންގެ ގޮތުގައި ފެނުމަށް ގަޔާވެނުލައްވާ ބޭފުޅެއްގެ ގޮތުގައި ބޯލްޓަން ވަނީ ސިފަ ކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޚާރިޖީ ސިޔާސަތުތަކާ ބީރައްޓެހި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވައި ބޮލްޓަން ވިދާޅުވީ، ނިންމުންތައް ނިންމަވާއިރު، ނުކުންނާނެ ނަތިޖާތަކާމެދު ވިސްނާވަޑައިނުގަންނަވާ ކަމަށެވެ.

- ކޮމެންޓް