ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 13:46
އިންޑިއާގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
އިންޑިއާގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
ރޮއިޓަރސް
އެންގެ ގިނަ މީހުން ޕޮޒިޓިވްވި ސިޓީއަކަށް ދިއްލީ
ރެކޯޑް އަދަދަކާއެކު އިންޑިއާގެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސިޓީއަކަށް ދިއްލީ
ދިއްލީން އެކަނި 70 ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި
މުމްބާއީގައި ޕޮޒިޓިވްވި ކޭސްތައް ވަނީ 69 ހާހަށް އަރާފައި

ބުދަ ދުވަހު ރެކޯޑް އަދަދަކަށް ދިއްލީގައި ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނި އިންޑިއާގެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސިޓީއަކަށް ދިއްލީ ވެއްޖެއެވެ.

މީގެ ކުރިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އައީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީންނެވެ. އިންޑިއާގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ދިއްލީން އެކަނި 70 ހާހަށްވުރެ ގިނަ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވާ އިރު، މުމްބާއީގައި މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 69 ހާސް ކޭސްއެވެ.

ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދު ކެޖްރިވާލް ވިދާޅުވީ އެ ސިޓީގައި ޓެސްޓް ކުރަމުން އަންނަ މިންވަރު ދުވާލެއްގެ މައްޗަށް 18،000ށް އިތުރުކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު އެކަނި ވެސް އިންޑިއާއިން ވަނީ 16 ހާހަށްވުރެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައެވެ. މިއީ އެއްދުވަހާ އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އިންޑިއާއިން ރިޕޯޓްކުރި ދުވަހެވެ. މިއާއެކު އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

ފާއިތުވި ދުވަހު އެކަނި ވެސް އިންޑިއާއިން ވަނީ ކޮވިޑް ޖެހިގެން 418 މީހަކު މަރުވެގެން ރިޕޯޓްކޮށްފައެވެ. މިހާތަނަށް އިންޑިއާއިން ވަނީ 14 ހާހަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ އިރު، ޖެހިޖެހިގެން 8 ދުވަސް ވަންދެން އިންޑިއާއިން ވަނީ ދުވަލެއްގެ މައްޗަށް 12 ހާހަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައެވެ. 4 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް އިންޑިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، 270،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އިންޑިއާގައި ކޭސްތައް އިތުރުވެގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން ކަމަށެވެ.

- ކޮމެންޓް