ކ. މާލެ
|
19 ޖޫން 2020 | ހުކުރު 09:21
ބުދަ ދުވަހު އެމެރިކާގެ ނިއުޔޯކުން ޓެކްސަސްއަށް ދަތުރުކުރި ފްލައިޓެއްގެ ފަސިންޖަރެއް ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައި
ބުދަ ދުވަހު އެމެރިކާގެ ނިއުޔޯކުން ޓެކްސަސްއަށް ދަތުރުކުރި ފްލައިޓެއްގެ ފަސިންޖަރެއް ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައި
ގެޓީ އިމޭޖަސް
ކޮވިޑް-19 އިން ރައްކާތެރި ވުމަށް މާސްކް އެޅުން
މާސްކް އެޅުމަށް ދެކޮޅު ހެދުމުން އެމެރިކަން އެއާލައިންގެ ފަސިންޖަރަކު ބޯޓުން ބާލުވައިފި
އެއާލައިންގެ މެނޭޖަރު ފަހުން މާފަށް އެދިފައިވޭ
ބްރެންޑަން ސްޓްރަކާ ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފަ
އެއީ އެމެރިކާގެ ނިއުޔޯކުން ޓެކްސަސްއަށް ދަތުރުކުރި ފްލައިޓެއް

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށް ލާޒިމުކޮށްފައި ވަނިކޮށް، މާސްކް އެޅުމަށް ދެކޮޅު ހެދުމުން އެމެރިކަން އެއާލައިންގެ ފަސިންޖަރަކު ބޯޓުން ބާލުވައިފިއެވެ.

އެކަމާ ގުޅޭގޮތުން ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބުދަ ދުވަހު އެމެރިކާގެ ނިއުޔޯކުން ޓެކްސަސްއަށް ދަތުރުކުރި ފްލައިޓް 1263 އަށް އެރި ފަސިންޖަރެއް ކަމަށްވާ ބްރެންޑަން ސްޓްރަކާ ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ބްރެންޑަން މާސްކް އެޅުމަށް ދެކޮޅު ހަދަމުން ބުނެފައިވަނީ މާސްކް އެޅުން ލާޒިމުކަމަށް ބުނާ އެއްވެސް ޤާނޫނެއް ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އޭނާ ވަނީ ޓްވީޓްވެސް ކޮށްފައެވެ.

އޭގެ އިތުރުން، އެއާލައިންގެ މެނޭޖަރު ފަހުން މާފަށް އެދިފައިވާކަމަށްވެސް ބްރެންޑަން ބުނެފައިވެއެވެ.

އެއާލައިންއާ ޙަވާލާދީ ބިބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާ މާސްކް އެޅުމަށް ދެކޮޅު ހެދުމުން އެންމެ ފަހުން އޭނާ ވަނީ ފްލައިޓުންވެސް ބާލުވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ބަންދު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް ސިއްޙީ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އެއާއެކު ގިނަ އެއާލައިންތަކުން ދަނީ ފަސިންޖަރުން ބޯޓު ތެރޭގައި ތިބޭއިރުވެސް މާސްކް އެޅުމަށް އިރުޝާދު ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް