Advertisement
ކ. މާލެ
|
8 އޭޕްރިލް 2017 | ހޮނިހިރު 18:25
ޖުމްހޫރީ ޕާޓީ މާލަން، މ. ކުނޫޒް
ޖުމްހޫރީ ޕާޓީ މާލަން، މ. ކުނޫޒް
ރާއްޖެއެމްވީ
މ.ކުނޫޒް
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ ހުކުރު ދުވަހު

މާފަންނު ކުނޫޒް ސަރަހައްދު ކޮނުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން މަޖިދީމަގު އެއްވަރުކޮށް، ގާ ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން މާކުރިން ރާވައިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިގޮތަށް މަސައްކަތް ފެށީ މަސައްކަތް އަވަސް ކުރުމަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މަޖިދީމަގާއި ފަނޑިޔާރުމަގުގައި ވެސް މަސައްކަތް ކުރަނީ ދެ ގްރޫޕަކުން ކަމަށާއި އެހެން ކަމުން ދެ ސަރަހައްދުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މ. ކުނޫޒަކީ ޖުމްހޫރީ ޕާޓީން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާ މަރުކަޒެވެ. ޖުމްހޫރީޕާޓީގެ ލީޑަރު މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އެ ސަރަހައްދުގައި އަންނަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ.

ހައުސިން މިނިސްޓްރީ ކުނޫޒް ސަރަހައްދުގައި މެގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދުގައި ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ މި އަމަލަށް ފާޑު ކިޔަމުންނެވެ.

ހައުސިން މިނިސްޓްރީން އެ ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ހުކުރު ދުވަހު ރޭގަނޑު 06:30 ހާއިރު އެވެ.

އެ ސަރަހައްދު ބަންދުކޮށް، މަގުމަތީގައި އަޅާފައި ހުރި ގާތަށް ނަގާފައިވާ އިރު ހޮނިހިރު ދުވަހު ހެނދުނު ވެސް ވަނީ މ. ކުނޫޒް ދޮރުމައްޗާ ވާގޮތަށް ޕޭމެންޓް މަތީގައި ހުރި ގާތައް ވެސް ނަގާފަ އެވެ. މިހާތަނަށް ބަންދުކޮށްފައި ވަނީ އެ މަގުން ހަމައެކަނި ކުނޫޒް ދޮރުމަތީގައި އޮތް ތަންކޮޅު އެކަންޏެވެ.

މަޖީދީމަގު ރަހަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާކު ކުރަމުންދަނީ މަޖީދީ މަގާ އަލިކިލޭގެފާނު މަގާވީ ސަރަހައްދު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ މަގު އެއްވަރުކޮށް ގާބަދަލުކުރާނީ މަޖީދީ މަގު ކަމަށާއި އެހެން މަގުތަކުގައި މަސައްކަތް ފަށާނީ މަޖީދީ މަގުގެ މަސައްކަތް ނިމުމުން ކަމަށެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ގާސިމް ހުކުރު ދުވަހު ކޯޓަށް ގެންގޮސްވަނީ ހަ ދުވަސް ޖަހާފަ އެވެ. ފުލުހުން ވަނީ ކުނޫޒް ސަރަހައްދުގައި ހުރުކު ދުވަހު މީހުން އެއްވުމުންވެސް އެއްވުން ރޫޅާލާފަ އެވެ. ފުލުހުން ފަހުން ވަނީ ސިޔާސީ ޕާޓީތަކުން އެއްވުންތައް ބާއްވަންޖެހޭނީ، ކާނިވާ ސަރަހައްދުގައި ކަމަށާއި އެހެން ސަރަހައްދެއްގައި އެއްވެއްޖެ ނަމަ، އެއްވެސް އެއްގުމެއް ނެތި އެއްވުން ރޫޅާލާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 އޭޕްރިލް 2017 | ހޮނިހިރު 15:07
ޔޫސުފު
ތިޔަ މުއުއިއްޒު ކައިރީ ބުނޭ ރައްޔިތުން އަތުން މުސާރަ ނަގައިގެން ދައުލަތުގެ މަގާމުގައި ހުރީ ރައްޔިތުންނަށް ޖިއްސުންކޮށް އޮޅުވާ ދޮގު ހަދާން ނޫން ކަން. ތިޔަ މުއިއްޒު ކިތަންމެ ފަދަ ތެދެއް ހެދިޔަސް ގަބޫލު ކުރާނެ ޅަ ކުއްޖެއްވެސް މިހާރު މިގައުމުގައި ނެތް. މިހާރުން މިހާރަށް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާ.