ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 07:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ރެލީ އިންތިޒާމް ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ޓްރަމްޕަށް ވަނީ އަމާޒުވެފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ރެލީ އިންތިޒާމް ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ޓްރަމްޕަށް ވަނީ އަމާޒުވެފައި
ގޫގުލް
ކޮވިޑް-19 އެމެރިކާގެ ޙާލަތު
އެމެރިކާގައި ވައިރަސްގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއް!
ޓިކެޓް ރަޖިސްޓްރޭޝަންގައި އެއްބަސްވާންޖެހޭ "ޑިސްކްލެއިމަރ"އެއް ވަނީ ބަޔާންކޮށްފައި
އެރިޒޯނާއާއި، ފްލޮރިޑާ އަދި ޓެކްސަސްގައިވެސް މިފަދަ ރެލީތައް އިންތިޒާމު ކޮށްފައިވޭ
އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީވެސް އެމެރިކާ

މުޅި ދުނިޔެއިން ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވާ އެމެރިކާގައި ވައިރަސްގެ ނުރައްކާ ބޮޑުވެފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއް ތާވަލުކޮށްފިއެވެ.

"މޭކް އެމެރިކާ ގްރޭޓް އެގެއިން" މި ސްލޯގަންގެ ދަށުން ކުރިއަށް ގެންދާ މި ކެމްޕޭން ރެލީ ތާވަލު ކޮށްފައިވަނީ ޖޫން 19 ވާ ހުކުރު ދުވަހު އެމެރިކާގެ އޮކްލަހޯމާގައި ހުންނަ މަލްޓި-ޕާރޕޯސް އެރީނާއެއް ކަމަށްވާ ބޭންކް އޮފް އޮކްލަހޯމާ ސެންޓަރ (ބީއޯކޭ ސެންޓަރ) ގައެވެ.

އެހެން ނަމަވެސް ރެލީއަށް ރަޖިސްޓްރީވާ ފަރާތްތަކުން ޓިކެޓް ރަޖިސްޓްރޭޝަންގައި އެއްބަސްވާންޖެހޭ "ޑިސްކްލެއިމަރ"އެއް ވަނީ ބަޔާންކޮށްފައެވެ. އޭގައި ވާ ގޮތުން ރެލީއަށް ދާ ފަރާތްތަކުން ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނުނު ނަމަވެސް، ރެލީ އިންތިޒާމް ކުރި ފަރާތްތަކާއި، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ޒިންމާވާން ނުޖެހޭނެ ކަމަށް ރެލީގެ ބައިވެރިން އެއްބަސްވާން ޖެހެއެވެ.

އޮކްލަހޯމާގެ އިތުރުން، އެރިޒޯނާއާއި، ފްލޮރިޑާ އަދި ޓެކްސަސްގައިވެސް މިފަދަ ރެލީތައް ރައީސް ޓްރަމްޕް ވަނީ އިންތިޒާމު ކޮށްފައެވެ. މި 4 ސްޓޭޓަކީވެސް ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ރިޕޯޓް ކުރެވިފައިވާ ސްޓޭޓް ތަކެކެވެ.

އޭގެ އިތުރުން، މުޅި ދުނިޔެއިން މިވަގުތު ކޮވިޑް-19ގެ އެންމެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވާ ޤައުމަކީވެސް އަދި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީވެސް އެމެރިކާއެވެ. އެއާއެކު މިފަދަ ރެލީއެއް އިންތިޒާމު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ރައީސް ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް