ކ. މާލެ
|
12 ޖޫން 2020 | ހުކުރު 18:01
ޖައްމު ކަޝްމީރުގެ މައްސަލަ ހޫނުވެ އިންޑިއައިން ކަޝްމީރުގައި ކުއްލި ހާލަތު އިއުލާންކުރުމާއި ގުޅިގެން އެ ސިޓީގައި މުޒާހަރާ ކުރަނީ
ޖައްމު ކަޝްމީރުގެ މައްސަލަ ހޫނުވެ އިންޑިއައިން ކަޝްމީރުގައި ކުއްލި ހާލަތު އިއުލާންކުރުމާއި ގުޅިގެން އެ ސިޓީގައި މުޒާހަރާ ކުރަނީ
ޕާކިސްތާންގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކުރުން
ނުބައި ޗާޓެއް ދައްކައިގެން ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފި
ނުބައި ޗާޓެއް ޕީޓީވީން ދެއްކީ މި މަހުގެ 6 ވަނަ ދުވަހު
މައްސަލަ ހޫނުވެ ޕާކިސްތާނުގެ 2 މިނިސްޓަރަކު ވަނީ ފިޔަވަޅުއެޅުމަށް ގޮވާލާފައި

ކަޝްމީރަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ފެންނަ ޗާޓެއް ޓީވީގައި ދައްކައިގެން، ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ޕާކިސްތާންގެ ގައުމީ ޓީވީ ޕީޓީވީ ނިއުސް އިން 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފައިވަނީ ކަޝްމީރަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ފެންނަ ޗާޓެއް އެއަރ ކޮށްގެންނެވެ. މި މަހުގެ 7 ވަނަ ދުވަހު ޕަކިސްތާންގެ ގައުމީ ޓީވީން ބުނެފައިވަނީ އެ މައްސަލައިގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. މިކަމާއި ގުޅިގެން 2 ނޫސްވެރިން ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ނަމަވެސް ވަޒީފާއިން ވަކިކުރީ ކޮން 2 މުވައްޒަފެއް ކަމެއް ހާމައެއް ނުކުރެއެވެ. ޕީޓީވީން ބުނެފައިވަނީ ފަރުވާކުޑަކުރިން އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެ ކަމަށެވެ. މި ދެ މުވައްޒަފުން ވަޒީފައިން ވަކި ކުރުމުގެ ކުރިން ޕަކިސްތާނުގެ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލަކީ ފުއާދު ޗައުދަރީ އަދި މިނިސްޓަރ އޮފް ހިއުމަން ރައިޓްސް ޝިރީން މަޒާރި ވަނި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ ރަސްމީ ޗާޓްގައި ކަޝްމީރަކީ އެގައުމުގެ ބައެކެވެ. ނަމަވެސް ކަޝްމީރުގެ މައްސަލައިގައި ބޯޑަރު ހުރަސްކުރާ އިންޑިއާ އަދި ޕާކިސްތާނުގައި ބޮޑެތި ކޯޅުންތަކެއް ވަނީ އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް