ކ. މާލެ
|
10 ޖޫން 2020 | ބުދަ 15:43
ޗައިނާގެ ކުންފުނިން ހުޅުމާލޭ ފޭސް 2 ގައި ހެދި ލޭބަރ ކުއާޓާ
ޗައިނާގެ ކުންފުނިން ހުޅުމާލޭ ފޭސް 2 ގައި ހެދި ލޭބަރ ކުއާޓާ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ރާއްޖެ-ޗައިނާގެ ގުޅުން
ރާއްޖެއާއި ޗައިނާއަކީ އެކަކު އަނެކަކަށް އެހީތެރިވެދޭ ޕާޓްނަރުން: ޗައިނާ ސަފީރު
 
ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް މިނިސްޓަރ ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފައި
 
މިތަނުގައި 800 މީހުންގެ ޖާގަ ހުރޭ

ރާއްޖެއާއި ޗައިނާއަކީ އެކަކު އަނެކަކަށް އެހީތެރިވެދޭ ޕާޓްނަރުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގ ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ލިޒޮންގ މިހެން ވިދާޅުވީ ހުޅުމާލޭގައި ޗައިނާއިން ގާއިމް ކުރި ލޭބަރ ކުއާޓާއާއި ގުޅިގެން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ފޮނުއްވި ސިޓީއަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ފައްޔާޒު ވަނީ ހުޅުމާލޭގައި ލޭބަރ ކުއާޓާއެއް ޗައިނާގެ ހަރަދުގައި އިމާރާތްކޮށްދެއްވާފައިވަތީ އެކަން ފާހަގަކުރައްވާ ޗައިނާގެ ސަފީރަށް ސިޓީއެއް ފޮނުއްވާފައެވެ. ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ ފައްޔާޒު ފޮނުއްވި ސިޓީގައި ލޭބަރ ކުއާޓާގެ މަސައްކަތް ނިންމަވައި ދެއްވާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ގާއިމްކުރި ލޭބަރ ކުއާޓާގެ މަސައްކަތް ނިންމާ އެތަން ވަނީ ބޭނުން ކުރަން ފަށާފައެވެ. މިތަނަކީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި މިތަނުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީއައި އެޗްޑީސިއާއި ގުޅިގެންނެވެ.

ލޭބަރ ކުއާޓާގެ މަސައްކަތްތަކެއް ކޮށްދީފައިވަނީ ޗައިނާގެ ކުންފުނިން ކަމަށާއި، އެ މަސައްކަތް ކޮށްދީފައިވަނީ އެއްވެސް އަގަކާ ނުލާ ހިލޭ ކަމަށެވެ.

މިތަނުގައި 6 ބްލޮކްގައި 800 އެނދު ހުންނަ އިރު 175 މީހުންނަށް އެއްފަހަރާ ކާންތިބެވޭނެ މެސް ހޯލާއި ބަދިގެއެއް ހުރެއެވެ. އަދި 84 ފާހާނާ ހިމެނޭ ގޮތަށް 2 ފާހާނާ ބްލޮކް ހުންނާނެ ކަމަށާއި، 70 މީހުންނަށް އެއްފަހަރާ ފެންވެރޭނެ އިންތިޒާމްވެސް އެތަނުގައި ގާއިމްކޮށްފައިވެއެވެ.

ޗައިނާ ކުންފުނިން މިތަނުގެ މަސައްކަތް ނިންމާފައިވަނީ 22 ދުވަހުންނެވެ. މި ލޭބަރ ކުއާޓާ ހުންނަނި ހުޅުމާލޭގެ ދެވަނަ ފޭސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް