Advertisement
ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 19:31
އާދަމް އާޒިމް
އާދަމް އާޒިމް
އާދަމް އާޒިމް
ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
އާޒިމް އިންތިޚާބު ކާމިޔާބުކުރެއްވީ ދެހާހެއްހާ ވޯޓުގެ ތަފާތަކުން

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ، ސަރުކާރުގައި އޮތް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން، އާޒިމް އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެގޮތުން ދެހާހެއްހާ ވޯޓުގެ ތަފާތެއް އޮތް ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

Advertisement

ވަގުތީ ނަތީޖާ ދައްކާގޮތުން އާޒިމްގެ ފަހަތުން އާޒިމާއަށް ދެވަނަ ލިބޭއިރު، ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުހައްމަދު ސަައިފަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނެވި އާދަމް އާޒިމަކީ މިދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް