ކ. މާލެ
|
10 ޖޫން 2020 | ބުދަ 13:16
މަގުމަތިން މީހަކު ހުއްޓުވާ ފުލުހަކު ސުވާލު ކުރަނީ؛ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 2 ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި
މަގުމަތިން މީހަކު ހުއްޓުވާ ފުލުހަކު ސުވާލު ކުރަނީ؛ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 2 ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި
ރާއްޖެއެމްވީ
ޖިންސީ ގޯނާގެ މައްސަލަ
ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
 
ހައްޔަރު ކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއް

16 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަން، ނ، ރ، ބ އަދި ޅ. އަތުގެ ހިމެނޭ ޑިވިޝަންގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަގޫކުރާ މައްސަލައެއް މި މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އެ ކުއްޖާއަކީ އެކި ދުވަސް މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ޖޫން 9 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ސީރިއަސް ކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
25%
0%
63%
0%
0%
ކޮމެންޓް