ކ. މާލެ
|
10 ޖޫން 2020 | ބުދަ 12:55
އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމް؛ ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ބަލި މީހުންނަށް އަދިވެސް ފުރުމުގެ ހުއްދައެއް ނުލިބޭ
އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމް؛ ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ބަލި މީހުންނަށް އަދިވެސް ފުރުމުގެ ހުއްދައެއް ނުލިބޭ
ރާއްޖެއެމްވީ
ބޭރަށް ދަތުރުކުރަންޖެހޭ ބަލި މީހުން
އިންޑިއާއަށް ފުރާ ބަލިމީހުންނަށް ދަތުރުކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ
 
ބޭރަށް ނުފުރިގެން އުޅެނީ އިންޑިއާ ސަރުކާރުން ހުއްދަ ދީފައި ނުވާތީ
 
ބަލި މީހުންގެ ތެރޭގައި ހިމެނެނީ ކެންސަރުބަލީގެ މީހުން
 
37 މީހަކު ބޭރަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން

އާސަންދައިގެ ދަށުން އިންޑިއާއަށް ފުރަން ހަމަޖެހިފައިވާ ބަލިމީހުންނަށް ދަތުރުކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ އާސަންދައިން ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ ބަޔަކު ތިބިކަމަށް އާސަންދައިން މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށާއި، 37 މީހަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މީގެ ތެރެއިން ގިނަ މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަންޖެހޭ މީހުން ކަމަށާއި، އިންޑިއާއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އާސަންދައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ވެސް އެމީހުންނާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާ ކުރަމުންދަނީ. އަދި މިހާތަނަށް އައިއިރު އިންޑިއަ ސަރުކާރުގެ ފަރާތުން ފުލައިޓެއް ދަތުރުކުރުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެނީ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ އިންތިޒާމުތައް ރޭވުމުން އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ހާމަކުރާނަން،
އެންއީއޯސީގެ ތަރުޖަނާމު މަބްރޫކް އަޒީޒު

ރާއްޖެއިން އެއްވެސް ގޮތަކަށް ފަރުވާދެވެން ނެތް ބަލިތަކުގެ މީހުން ޞިއްޙީ ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަރިޔަމް ޝަފީޤް ވިދާޅުވީ މާލެ 'ލޮކްޑައުން' ކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ކޮންމެހެން ބޭސް ފަރުވާއަށް ދާންޖެހޭ މީހުން އާސަންދައިގެ އެހީގައި ގެންދިޔުމާއި ބެހޭ މަޝްވަރާތައް ފޮރިން މިނިސްޓްރީން ، އިންޑިއާ އަދި ސްރީލަންކާ ސަރުކާރާއެކު ކުރަމުންދާ ކަމަށެވެ.

މަރިޔަމް ޝަފީޤް ވިދާޅުވި، ފަރުވާދޭން ޖެހޭ މީހުންގެ ލިސްޓުގައި މިހާރުވެސް ގިނަ ޢަދަދެއްގެ މީހުން ތިބިއިރު، އޭގެ ތެރެއިން ބަލި ޙާލަތު ގޯސް ފަރާތްތަކަށް އިސްކަންދީގެން ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް