ކ. މާލެ
|
9 ޖޫން 2020 | އަންގާރަ 19:50
ކޮވިޑް-19 ބަލި ޖެހޭ މީހުން 3 ގިންތިއަކަށް ބަހާލާފައިވޭ- އޭގެ ތެރެއިން އެންމެ ނުރައްކާ ބޮޑީ 3 ވަނަ ގިންތީގައި ހިމެނޭ މީހުން
ކޮވިޑް-19 ބަލި ޖެހޭ މީހުން 3 ގިންތިއަކަށް ބަހާލާފައިވޭ- އޭގެ ތެރެއިން އެންމެ ނުރައްކާ ބޮޑީ 3 ވަނަ ގިންތީގައި ހިމެނޭ މީހުން
ޔޫސުފް ސޮފްވާން ރަޝީދު
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)
ކޮވިޑް-19ގެ އަލާމަތްތައް ނުފެނި ޕޮޒިޓިވްވާ މީހުންގެ ފަރާތުން ބަލި ފެތުރޭ މިންވަރު ކުޑަ
ބަލި ހުންނަ މީހުން 3 ގިންތިއަކަށް ބަހާލާފައިވޭ
3 ވަނަ ގިންތީގައި ހިމެނެނީ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓް ކުރާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުން
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިއުއެޗްއޯއިން ދާދި ފަހުން ވަނީ މާސްކް އެޅުމަށްވެސް އިރުޝާދު ދީފަ

ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމަތްތައް ނުފެނި ޕޮޒިޓިވްވާ މީހުންގެ ކިބައިން މި ވައިރަސް ފެތުރޭ މިންވަރު މަދުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސައިންޓިސްޓެއް ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ހެޑް އޮފް އިމަރްޖިންގ ޑިޒީސަސް ޑރ ވެން ކޫވަރ ވަނީ ކޮވިޑް-19 ގެ ބަލި ހުންނަ މީހުން 3 ގިންތިއަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ގިންތީގައި ހިމެނެނީ އެއްވެސް ގޮތަކަށް ބަލީގެ އަލާމަތްތައް ނުފެންނަ މީހުން ނުވަތަ އެސިމްޕްޓޮމެޓިކް މީހުންނެވެ. ދެވަނަ ގިންތީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާއިރު އަލާމަތްތައް ނުފެނުނު ކަމުގައި ވިޔަސް، ފަހުން އަލާމަތްތައް ފެންނަ މީހުންނެވެ.

އޭގެ އިތުރުން، 3 ވަނަ ގިންތީގައި ހިމެނެނީ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓް ކުރާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުން ކަމަށް ޑރ ވެންކޫވަރ ވިދާޅުވެފައިވެއެވެ.

ޑރ ވިދާޅުވީ، މިހާތަނަށް ފެނިފައިވާ ހެކިތަކަށް ބަލާއިރު، އެއްވެސް ވަރަކަށް ބަލީގެ އަލާމަތްތައް ނުފެންނަ މީހުން ވައިރަސް ފެތުރުމުގައި މާބޮޑު ރޯލެއް އަދާކުރާކަން އެނގިފައި ނުވާ ކަމަށެވެ. އަދި މި 3 ގިންތީގެ ތެރެއިން ބަލި އެހެން މީހުންނަށް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑު ގިންތިއަކީ އަލާމަތްތައް ފެންނަ ފަހުން ޓެސްޓު ކުރާއިރު ޕޮޒިޓިވްވާ މީހުންކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިއުއެޗްއޯއިން ދާދި ފަހުން ވަނީ މާސްކް އެޅުމަށް ވެސް އިރުޝާދު ދީފައެވެ.

- ކޮމެންޓް