ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 18:22
ބީއެމްއެލްގެ ބްރާންޗަކުން ހިދުމަތް ހޯދަނީ - ހަފްތާއަކު 3 ދުވަހު ވަކި އުސޫލުތަކެއްގެ ދަށުން އާންމުންނަށް ހުޅުވާލުމަށް ވަނީ ހަަމަޖެހިފައި
ބީއެމްއެލްގެ ބްރާންޗަކުން ހިދުމަތް ހޯދަނީ - ހަފްތާއަކު 3 ދުވަހު ވަކި އުސޫލުތަކެއްގެ ދަށުން އާންމުންނަށް ހުޅުވާލުމަށް ވަނީ ހަަމަޖެހިފައި
ބީއެމްއެލް
ބީއެމްއެލްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް
މާލޭ ސިޓީގެ ބީއެމްއެލް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހޯމަ ދުވަހުން ފެށިގެން ހުޅުވަނީ
 
އެޕޮއިންޓްމަންޓް ޕޯރޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެެއްދޭނެ
 
ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން
 
ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ޚިދުމަތް ދޭނެ

ހޯމަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗުތަކާއި، ސަރވިސް ސެންޓަރުތައް ހުޅުވުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗުތަކާއި، ސަރވިސް ސެންޓަރުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00ން ފެށިގެން މެންދުރުފަހު 2:00ށް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދޭއިރު، ދުވާލަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯރޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެއް ދުވަސް ކުރިން ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން އެސްއެމްއެސް ކުރާނަމަ 455 އަށް އެސްއެމްއެސް ކުރުމަށާއި، ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް، އައިޑީކާޑު ނަންބަރު، ބިދޭސީއެއް ނަމަ ޕާސްޕޯރޓް ނަންބަރު އަދި މިހާރު އުޅޭ އެޑްރެސް އެސްއެމްއެސްގައި ހިމެނުމަށްވެސް އެދިފައިވެއެވެ.

ބީއެމްއެލްއިން ބުނީ، އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެ ކަމަށެވެ. އެގޮތުން އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން، ޚިދުމަތް ހޯދަން އަންނައިރު، މާސްކު އެޅުމާއި، ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމާއި، އަމިއްލަ ގަލަން ގެންދިއުމުގެ އިތުރުން، ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށްވެސް ހަނދާން ކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް