ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 15:37
ބްރަޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ކުރައަށްދަނީ
ބްރަޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ކުރައަށްދަނީ
ރޮއިޓަރސް
ބްރަޒިލްގައި މަރުވި މީހުންގެ އަދަދު 35،000ށް
ބްރަޒިލްގައި މަރުވި މީހުންގެ އަދަދު 35،000ށް އަރައިފި
ބްރަޒިލްއަކީ އެންމެ ގިނައިން މީހުން ޕޮޒިޓިވްވެގެނެ ރިޕޯޓް ކުރި 2 ވަނަ ގައުމު
މަރުވި މީހުންގެ ނިސްބަތް 3 ވަނައަށް އެންމެ ގިނައީ ބްރަޒިލްގައި
ފާއިތުވި 24 ގަޑި އިރު 30 ހާސް މީހުން ބްރަޒިލްއިން ޕޮޒިޓިވްވެފައިވޭ

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 35،000ށް އަރައިފިއެވެ.

ބްރަޒިލްއަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނައިން މީހުން މަރުވި 3 ވަނަ ގައުމެވެ. ނަމަވެސް ބްރަޒިލްއަކީ ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވާ ގައުމެވެ. ހޮނިހުރު ދުވަހު ބްރަޒިލްގައި މަރުވި މީހުންގެ އަދަދު 35،000ށް އަރާފައިވާ އިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ ދެވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ އިނގިރޭސީ ވިލާތަށްވުރެ ގިނައިން ބްރަޒިލްއިން މީހުން މަރުވާނެ ކަމަށާއި، އިނގިރޭސީ ވިލާތް ވައްޓާލުމަށްފަހު ލިސްޓުގެ ދެވަނައަށް ބްރަޒިލް އަރާނެ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު އެގައުމުން ވަނީ 1008 މީހަކު މަރުވެފައެވެ. އަދި 30 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ. ބްރަޒިލްގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މި ތަފާސް ހިސާބުތައް ދައްކާގޮތުން އެގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 646،000ށް ވުރެ މައްޗަށް އަރާފައެވެ.

ދެކުނު އެމެރިކާގެ ހޮޓްސްޕޮޓަކަށް ބްރަޒިލް ވެފައިވާ އިރު، އެގައުމުގެ ރައީސް ޖެއި ބޮލްސޮނާރޯ ވަނީ އެގައުމުގެ ލޮކްޑައުންއަށް ލުއިތަކެއްދީ ގައުމުގެ ބައެއް ސަރަހައްދުތައް އަލުން ހުޅުވާލުމަށް ނިންމާފައެވެ. ކޮވިޑް-19 ހަލުވިކަމާއެކު ބްރަޒިލްގައި ފެތުރެމުން އަންނަ އިރު، ބައްޔާއި ގުޅިގެން ބޮލްސޮނާރޯ މާބޮޑު ފަރުވާލެއް ނުބަހައްޓަވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ބްރަޒިލްގައި ފާއިތުވި ހަފްތާގައި ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ އިރު، ބުރާސްފަތި ދުވަހު އެގައުމުން ވަނީ އިޓަލީއަށްވުރެ ގިނައިން މީހުން މަރުވެގެން ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް