ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 13:09
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ވެއްޓުނު މީހަކަށް ފަރުވާދެނީ
ހޮޅިދަނޑިއަކުން އަރަނިކޮށް ވެއްޓުނީ ކެފޭއެއްގެ މައްޗަށް
މި މައްސަލަ ފުލުހުުން ގެންދަނީ ތަހުގީގުކުރަމުން
ފުރާޅު މައްޗަށް ވެއްޓިފައިވަނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށް

ހޮޅިދަނޑިއަކުން އަރަނިކޮށް ކެފޭއެއްގެ މައްޗަށް ވެއްޓުނު މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާފަންނު ޖޭޒް ކެފޭ ފުރާޅުމައްޗަށް މީހަކު ވެއްޓިގެން އުޅޭކަމަށް އަންގާރަ ދުވަހުގެރޭ 11:14 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ވެއްޓުނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ މި މީހާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައި ކަމަށެވެ. އަދި ފުރާޅު މައްޗަށް ވެއްޓިފައިވަނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށް ކަމަށް އެމީހާ ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


Advertisement
- ކޮމެންޓް