ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 09:03
ކޮވިޑް-19 އަށް ތައްޔާެރުކުރަމުން އަންނަ ވެކްސިން ކާމިޔާބު ކަމާއެކު ޖެނުއަރީގައި ލިބޭ ވަރުވާނީ އެންމެ ފުރިހަމަކޮށް މަސައްކަތް ކޮށްގެން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވޭ
ކޮވިޑް-19 އަށް ތައްޔާެރުކުރަމުން އަންނަ ވެކްސިން ކާމިޔާބު ކަމާއެކު ޖެނުއަރީގައި ލިބޭ ވަރުވާނީ އެންމެ ފުރިހަމަކޮށް މަސައްކަތް ކޮށްގެން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވޭ
ސީ.އެން.އެން
ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް
ޖެނުއަރީއާ ހަމައަށް ވެކްސިންއެއް އުފެއްދޭނީ ހުރިހާކަމެއް ފުރިހަމަކޮށްގެން: ތަޖުރިބާކާރުން
ވެކްސިންއެއް ތައްޔާރުކުރުމަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑުކަމެއް
ވެކްސިން ޑިވަލަޕް ކުރާ ތަންތަނުން އެ މަސައްކަތް ވީހަވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުން

އަންނަ އަހަރުގެ ޖެނުއަރީގައި ކޮވިޑް-19ށް ކާމިޔާބު ވެކްސިންއެއް ލިބެން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތެއް އެންމެ ފުރިހަމަކޮށް ކުރިޔަށްގެންދަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އަދި ފްރެޑް ހަޓްޗިންސަން ކެންސަރ ރިސަރޗް ސެންޓަރުގެ ބަލިތަކުގެ ތަޖުރިބާކާރުން ބުނެފައި ވަނީ ޖެނުއަރީ މަހާ ހަމައަށް ވެކްސިންއެއް ތައްޔާރު ކުރުމަކީ އުނދަގޫ ޗެލެންޖެއް ކަމަށާއި، ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ނަމަވެސް ކާމިޔާބު ވެކްސިންއެއް ތައްޔާރު ކުރުމަށް ކުރަމުންދާ މަސައްކަތް ދާންޖެހޭނީ އެންމެ ރަނގަޅަށް ކަމަށް ފްރެޑް ހަޗްސް ވެކްސިން އެންޑް އިންފެކްޝަސް ޑިސީސް ޑިވިޝަންގެ ވެކްސިން ތައްޔާރުކުރުމުގެ މާހިރެއް ކަމަށްވާ ޑރ. ލެރީ ކްރޯއީ ވިދާޅުވެފައި ވެއެވެ. އަދި ކޮންމެ ބަޔަކު ވެކްސިން އެއް އުފެއްދި ނަމަވެސް، ޖެނުއަރީއާ ހަމައަށް އެކަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނަކަން ޑރ. ލެރީ ވިދާޅުވެފައި ވެއެވެ.

ޑރ. ލެރީ ވިދާޅުވީ ވެކްސިންގެ ޓްރަޔަލްތައް ކުރިއަށްދާ ކަމަށާއި، ފާމަސޫޓިކަލް އިންޑަސްޓްރީއާއި، އެކަޑަމިއާ، ރިސަރޗް ސެންޓަރުތައް، ބައޯޓެކް އިންޑަސްޓްރީ އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ އެހީތެރިކަމާ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ޑިރެކްޓަރ އޮފް ވެކްސިން ރިސަރޗް ސެންޓަރ ޑރ. ޖޯން މަސްކޯލާ ވިދާޅުވީ އެންމެ މުހިންމު އެއްޗަކީ ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމާލާއިރު އެ ލިބޭ ޑާޓާތައް ކަމަށެވެ. އަދި ވެކްސިންއެއް އުފެއްދޭނެ ތާރީޚެއް ވިދާޅުވާން އެނގޭނީ ވެސް އަދި ކުރާ މަސައްކަތައް ހިތްވަރެއް ލިބިގެންދާނީ ވެސް މި ޑާޓާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިންއެއް އުފައްދަން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ރިސަރޗް ސެންޓަރުތަކުން ވަނީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ފަށާފައެވެ. ނަމަވެސް ސީދާ ކޮވިޑް-19ށް އަސަރުކުރާނެ ވެކްސިންއެއް އުފައްދާ ލިބޭ ވަރުވާނީ ކޮން ދުވަހަކުކަމެއް އަދިވެސް ޔަޤީނެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް