ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 02:47
މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ގުޅަ ބޭހެއް ކަމުގައިވާ ހައިޑްރޮކްސިކްލޮރޯކުއިން
މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ގުޅަ ބޭހެއް ކަމުގައިވާ ހައިޑްރޮކްސިކްލޮރޯކުއިން
އޭޕީ
ހައިޑްރޮކްސިކްލޮރޯކުއިން ބޭސް ބޭނުން ކުރުން
ކޮވިޑް-19 ގެ ފަރުވާއަކަށް "ހައިޑްރޮކްސިކްލޮރޯކުއިން" ގެ އަޖުމަ ބެލުން ޔޫކޭއިންވެސް މަޑުޖައްސާލައިފި
އެ ޤައުމުގެ ސައިންސްވެރިން ވަނީ ފަހު ވަގުތުގައި ޓްރަޔަލް މަޑުޖައްސާލާފަ
މި ބޭސް ބޭނުންކުރުން މިހާރު ހުއްޓާލަން ޖެހިފައިވާކަން ފާހަގަކޮށްފައިވޭ
ބޭހުގެ ޓްރައަލްތައް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މަޑުޖައްސާލާފައިވޭ

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް އިނގިރޭސިވިލާތުގައި ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފިއެވެ.

"ޚަލީޖްޓައިމްސް"ގައި ރިޕޯޓް ކޮށްފައިވާގޮތުން، ހުކުރު ދުވަހު މި ޓްރަޔަލް ފެށުމަށް ކުރިން ރޭވި ނަމަވެސް، އެ ޤައުމުގެ ސައިންސްވެރިން ވަނީ ފަހު ވަގުތުގައި ޓްރަޔަލް މަޑުޖައްސާލާފައެވެ. އެގޮތުން އެ ޤައުމުގެ ރިކަވަރީ ޓްރަޔަލްގައި އިސްކޮށް އުޅުއްވާ އޮކްސްފޯރޑުގެ ސައިންޓިސްޓެއް ކަމަށްވާ މާރޓިން ލާންޑްރޭ ވިދާޅުވެފައިވާ ގޮތުގައި، މި ބޭހަކީ ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނޫނެވެ. އަދި އެކަށީގެންވާ ފަރުވާއެއް ނުލިބޭއިރު، މި ބޭސް ބޭނުންކުރުން މިހާރު ހުއްޓާލަން ޖެހިފައިވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހައިޑްރޮކްސިކްލޮރޯކުއިން އަކީ އެކަށީގެންވާ ފަރުވާއެއްތޯ ސުވާލު އުފެދިފައިވަނީ މަޝްހޫރު މެޑިކަލް ޖަރނަލްއެއް ކަމަށްވާ "ދި ލާންސެޓް"ގައި މިދިޔަ މަހު އާންމުކުރި ދިރާސާ ރިޕޯޓަކަށް ފަހުއެވެ. އެގޮތުން މި ބޭހުގެ ރައްކާތެެރިކަމާމެދު ސުވާލު އުފެދޭކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން މި ބޭސް ބޭނުން ކުރުން މަޑުޖައްސާލާފައިވާއިރު، ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މަޑުޖައްސާލާފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ މި ބޭސް ކޮވިޑް-19 ގެ ފަރުވާއަކަށް ބޭނުން ކުރުމަކީ ކިހާ ރައްކާތެރިކަމެއްތޯ ކަށަވަރު ކުރެވެންދެން ބޭސް ބޭނުން ކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް