ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 08:21
ބުދަ ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން- ކޮމިޓީގައި މިނިސްޓަރ ވަނީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައި
ބުދަ ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން- ކޮމިޓީގައި މިނިސްޓަރ ވަނީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައި
ރާއްޖެއެމްވީ
މާވަރުލު އެއަރޕޯޓް ހުޅުވުމުގެ މަސައްކަތް
މި ޙާލަތުން އަރައިގަނެ، ލިބޭ ފުރަތަމަ ފުރުސަތުގައި މާވަރުލު އެއަރޕޯޓް ހުޅުވާނަން: މިނިސްޓަރ
 
ލިބޭ ފުރަތަމަ ފުރުސަތުގައި އެއަރޕޯޓް ހުޅުވުމަށް މަސައްކަތް ކުރާނެ
 
އެއަރޕޯޓް ހުޅުވުން ލަސްވެގެން ދިއުމަކީ ހިތާމަކުރައްވާ ކަމެއްކަަމަށް މިނިސްޓަރ ވިދާޅުވި
 
މިނިސްޓަރ ވިދާޅުވީ، މާވަރުލު އެއަރޕޯޓުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް

ކޮވިޑް-19 ގެ މި ޙާލަތުން އަރައިގަނެ، ލިބޭ ފުރަތަމަ ފުރުސަތުގައި ގދ ގައި ތަރައްޤީކުރާ މާވަރުލު އެއަރޕޯޓު ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މާވަރުލު އެއަރޕޯޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ކޮވިޑް-19 ގެ މި ޙާލަތު ކުރިމަތިވީ އެއަރޕޯޓުގެ މަސައްކަތް ނިމި އެއަރޕޯޓް ހުޅުވަން ތައްޔާރުވެފައި އޮއްވައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަސައްކަތްތައް ނިމި، އެއަރޕޯޓް ހުޅުވުން ލަސްވެގެން ދިއުމަކީ މިނިސްޓްރީންވެސް ހިތާމަކުރާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މިހާރު ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ލިބޭ ފުރަތަމަ ފުރުޞަތުގައި އެއަރޕޯޓް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މާވަރުލު އެއަރޕޯޓް މަސައްކަތް ނިމި ހުޅުވުމުގެ ފޮނި އުއްމީދުގައި އަޅުގަނޑުމެން އެންމެން ތިއްބައި މި ދިމާވި ކޮވިޑް ގެ ކަންކަން ދިމާވެގެން މި ދިޔައީ، އެހެންވީމާ އެކަމަށް ޙަޤީޤަތުގައިވެސް އަޅުގަނޑުމެން މިތިބީ ވަރަށް ދެރަވެފައި އަޅުގަނޑުގެ ވުޒާރާގެ ދަށުން ހިމެނޭ ކަންތައްތަކެއް މީ، އެހެން ނަމަވެސް ޙާލަތަކީ އިންސާނުންނަށް ބަދަލު ކުރެވޭ އެއްޗެއް ނޫން މިހެން ދިމާވާ ކަންތައްތަކަކީ އަޅުގަނޑުމެން ދާންޖެހެނީ މަޑުމަޑުން މިއާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ﷲ ގެ އިރާދަފުޅުން މިކަންކަމުން ސަލާމަތްވާއިރަށް ވީހާވެސް އަވަހަކަށް މި ލިބޭ ފުރުސަތުގައި އެއަރޕޯޓް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫން ދަތުރެއް ނުކުރުމަށް ސަރުކާރުން އޭރު އިލްތިމާސް ކޮށްފައިވުމާއެކު، މާވަރުލު އެއަރޕޯޓް ފްލައިޓް އޮޕަރޭޝަންސް ފެށުން ފަސްކޮށްފައިވާކަން މިއަހަރުގެ ކުރީކޮޅުގައި މިނިސްޓަރ ވަނީ އިޢުލާނު ކުރައްވާފަ އެވެ.

ރާއްޖޭގެ ޙާލަތަށް އަންނަ ހެޔޮ ބަދަލުތަކަށް ބަލައި މާވަރުލު އެއަރޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީޚެއް ފަހުން އިޢުލާނު ކުރައްވާނެކަން އޭރު މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މާވަރުލު އެއަރޕޯޓުގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް