ކ. މާލެ
|
3 ޖޫން 2020 | ބުދަ 18:35
އިޓަލީއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް- އިޓަލީގެ ބޯޑަރު ޔޫރަޕްގެ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ 3 މަހަށް ފަހު
އިޓަލީއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް- އިޓަލީގެ ބޯޑަރު ޔޫރަޕްގެ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ 3 މަހަށް ފަހު
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ޙާލަތު
3 މަހަށްފަހު އިޓަލީގެ ބޯޑަރު ޔޫރަޕުގެ ފަތުރުވެރިންނަށް ހުޅުވާލައިފި
އިޓަލީގެ އެކި ސަރަޙައްދުތަކަށްވެސް ޒިޔާރަތް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ
ބޯޑަރު ހުޅުވާލާފައި މިވަނީ 3 މަހުގެ މެދުކެނޑުމަކަށް ފަހު
އިޓަލީއަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ ބޮޑުވި ފުރަތަމަ ޤައުމު

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް، 3 މަހުގެ މެދުކެނޑުމަކަށް ފަހު އިޓަލީގެ ބޯޑަރު ޔޫރަޕުގެ ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.

އެކަމާ ގުޅޭގޮތުން "ޑެއިލީ މެއިލް"ގައި ރިޕޯޓު ކޮށްފައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން އެ ޤައުމު ލޮކްޑައުން ކޮށްފައި އޮތުމަށް ފަހު މިހާރު އެ ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ޔޫރަޕުގެ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލާފައި މިވަނީ 3 މަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

އޭގެ އިތުރުން، ބުދަ ދުވަހުން ފެށިގެން ޔޫރަޕުގެ ފަތުރުވެރިން އިޓަލީއަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތުވެސް ފުރިހަމަ ކުރާކަށް ނުޖެހެއެވެ. އަދި އިޓަލީގެ އެކި ސަރަޙައްދުތަކަށް ވެސް ޒިޔާރަތް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. އެހެން ނަމަވެސް އިޓަލީއަށް އެތެރެވުމަށް ފަހު ހުރިހާ ފަތުރުވެރިންވެސް އިޖުތިމާއީ ގައިދުރުކަމާއި، އާންމު ތަންތަނުގައި މާސްކް އެޅުމުގެ އިތުރުން، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަނާކުރާ ފަދަ އުސޫލުތަކަށް ބޯލެނބުން ވަނީ ލާޒިމު ކޮށްފައެވެ.

އިޓަލީއަކީ އެއް ދުވަސްވަރެއްގައި އެންމެ ބާރަށް ވައިރަސް ފެތުރެމުން ދިޔަ އެއް ޤައުމަށް ވުމާއެކު، އަލުން ފަތުރުވެރިކަމަށް ހުޅުވާލުމުގައި ބަލަންޖެހޭ ގިނަ ކަންކަން ހުރިކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް ހޫނު މޫސުމަށް އަލުން ފަތުރުވެރިކަމުގެ ހަރަކާތްތައް ކުރިއެކޭ އެއްގޮތަށް ހުޅުވާލުމަށް އެ ޤައުމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޓަލީއަކީ ޔޫރަޕުުގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ ބޮޑުވެ، ޤައުމުގެ އާންމު ޙާލަތު އެހައި ގޯސްވި ފުރަތަމަ ޤައުމެވެ. އެގޮތުން އިޓަލީގެ ގިނަ ސަރަޙައްދުތަކުގައި މިހާރު ވައިރަސް ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް، އަދިވެސް އުތުރުގެ ލޮމްބާރޑީ ސަރަޙައްދުން ގިނަ ކޭސްތަކެއް ރިޕޯޓު ކުރެވެމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް