ކ. މާލެ
|
1 ޖޫން 2020 | ހޯމަ 05:49
ޓޮަޕް އެޗީވަރސް އެވޯޑް ހަފްލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ދަރިވަރަކަށް އެވޯޑް ހަވާލުކޮށްދެއްވަނީ
ޓޮަޕް އެޗީވަރސް އެވޯޑް ހަފްލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ދަރިވަރަކަށް އެވޯޑް ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ހައި އެޗީވަރސް ސްކޮލަރޝިޕް
ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 
ލިޔުންތައް ވަރަށް އަވަހަށް މި މިނިސްޓްރީގެ މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައި
 
ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖެ، ސާރކްގެ އެހެނިހެން ޤައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކުގައި
 
ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރޭ

2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ. އަދި ކިޔެވުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ސްކޮލަރޝިޕް ލިބުމަށް ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހެ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި އިސްލާމާއި ދިވެހި ހިމެނޭ ގޮތަށް މަދުވެގެން 5 މާއްދާއިން އޭ ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ޙާޞިލްކޮށްފައިވާން ޖެހެ އެވެ.

އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮންނަން ޖެހެ އެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖެ، ސާރކްގެ އެހެނިހެން ޤައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތައް ހިމެނެ އެވެ.

ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށް ލިޔުންތައް ވަރަށް އަވަހަށް މި މިނިސްޓްރީގެ މައި އެޑިއު ޕޯޓަލް މެދުވެރިކޮށް އެ ޕޯޓަލްގައި އެކަމަށް އޮންނަ ފޯމު ފުރުމަށްވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް