ކ. މާލެ
|
31 މެއި 2020 | އާދީއްތަ 05:43
ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ހިދުމަތްދެނީ؛ ހޯމަ ދުވަހުން ފެށިގެން ބައެއް އަސާސީ ހިދުމަތްތައް ބޭންކް ހުޅުވާނެ
ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ހިދުމަތްދެނީ؛ ހޯމަ ދުވަހުން ފެށިގެން ބައެއް އަސާސީ ހިދުމަތްތައް ބޭންކް ހުޅުވާނެ
ބީއެމްއެލް
ބީއެމްއެލްއިން ބައެއް ހިދުމަތްތައް ދޭން ފަށަނީ
ޖޫން 1ން ފެށިގެން ބީއެމްއެލްގެ ބައެއް ހިދުމަތް ދޭން ފަށަނީ
ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30ން ފެށިގެން މެންދުރު 2:00ށް
އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކާޑު ދޫކުރުމުގެ ހިދުމަތްދިނުމަށް ވަނީ ހަމަޖެހިފަ
އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބޭންކުގެ ބްރާންޗްތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފައި

ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހަކު އަސާސީ ބައެއް ހިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30ން ފެށިގެން މެންދުރު 2:00ށް ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ހިދުމަތްތަކުގެ ތެރެއިން އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްވެސް ޓީޓީ ޚިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މެންދުރުފަހު 1:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މީގެ އިތުރުން ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި، މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރުފަހު 1:30 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކަށް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ ހެނދުނު 11:00 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކެއްނަމަ އެދުވަހު ޕްރޮސެސް ކުރާނެ ކަމަށާއި، މެންދުރުފަހު 02:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި މެންދުރު 12:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، މެންދުރުފަހު 1:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. އަދި މެންދުރު 01:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މި މުއްދަތުގައި ބޭންކުން ދެމުންދާނީ އެމްޕޮސް ގެ ހިދުމަތެވެ. މި ހިދުމަތަށް އެދި ހުށަހެޅުމަށް މާޗަންޓް އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް އީމެއިލް ކުރުމަށާއި، މި ހިދުމަތުގެ އިތުރު ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން 1 ޖޫން އިން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކާޑު ދޫކުރުމުގެ ހިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 8 ޖޫން އިން ފެށިގެން މާލޭސިޓީގެ ކަނޑައެޅޭ ބައެއް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތުން އޮންލައިން އަދި ސެލްފްސަރވިސް ބޭންކިންގ މެދުވެރިކޮށް ނުލިބޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން އެޕޮއިންޓްމަންޓް ހައްދަންޖެހޭ ގޮތަށެވެ. މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިންގ ސެންޓަރގެ އިތުރުން ބިޒްނަސް ސެންޓަރ ހުޅުވާނެ އެވެ.

1 ޖޫން އިންފެށިގެން އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބޭންކުގެ ބްރާންޗްތައް (މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްނަމަ) އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ދިނުމަށްޓަކައި ހުޅުވުމަށްވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް