Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 01:31
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް
ޓްވިޓަރ
ގާސިމް އިބްރާހީމް
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ވައްޓާލުމަށް ހިއްވަރު ލިބޭފަދަ އަމަލުތައް ގާސިމް ކުރައްވާ ކަމަށް ތުހުމަތު ކޮށްފައިވޭ
މަޖިލީހުގެ ނައިބް ރައީސް މޫސަގެ މައްޗަށް ބެގުމަށް ހަމަޖެހިފައިވާ ވޯޓަށް ނުފޫޒް ފޯރުވާ ކަމަށް ތުހުމަތު ކޮށްފައިވޭ
ހެކި ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ތުހުމަތު ކުރޭ

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފިއެވެ.

ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ  ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގާސިމް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރުލިބޭ ފަދަ އަމަލުތައް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މައްސަލައިގެ ހެއްކަށް ނުފޫޒް ފޯރުވައި ހެކި ފޮރުވަން ގާސިމް އިބްރާހީމް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގާސިމް އިބްރާހީމް ގެންދިޔައީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ،

ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މި މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާ ކޮށްފައެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަށްޗަށް ޖިނާއީ ކުށެއް ސާބިތު ނުވާނަ މެމްބަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކޮށްދޭން ޖެހޭނެއެވެ.

ގާސިމް ހައްޔަރުކޮށްފައި މި ވަނީ މަސީހްގެ ވޯޓާ ގުޅިގެން ރިޝްވަތު ދޭން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށް ގާސިމްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޭޕްރިލް 2017 | ބުރާސްފަތި 22:55
muna
yAamynu machah thuhumatheh nukureveytha nufoozuge beynun koggen majileehuge naibu raeesgeithubaaru massala kaamiyaabu viya nudhinumah uniform elhi gang ehbeynun koggen haassa majileehuge kureege raees hayyaru kuryma? yaa allah. aniyaveri fuluhunna yaamynuge halaaku avaskuravvaandheyve. aaameen yaa rabbu
6 އޭޕްރިލް 2017 | ބުރާސްފަތި 22:22
އައިމިނާ
ޔާމިނުގެ ވާހަކަހުންނަގޮތް ދެންމެ މިލިއުނީ
6 އޭޕްރިލް 2017 | ބުރާސްފަތި 22:20
އައިމިނާ
އެއީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިނުލައްވަން ވެގެން މަންމާފުޅު އަރިހު ރޮއެ އާދޭސްކޮށްގެން ޖަލަށް ދާހިތުން ދިޔައީ..