Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 00:37
 ޙުސައިން ޖަބީން
ޙުސައިން ޖަބީން
ޓްވިޓަރ
ވިލިފުށީ
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
ހުކުމް ތަންފީޒް ކުރަމުންދާހާ ހިނދަކު ޖަބީން އަށް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ
ހުކުމާއި ގުޅިގެން ކައުންސިލްގެ ގޮނޑި ޖަބީން އަށް ވަނީ ގެއްލިފައި

ވިލިފުށީ ކައުންސިލުގެ ރައީސް ޙުސައިން ޖަބީން ހަ މަސްދުވަހަށް ގޭބަންދުކުރުމަށް އެރަށު ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

 ހުސައިން ޖަބީންއަށް މި ހުކުމް އައުމާ ގުޅިގެން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވިލުފުށީ ކައުންސިލަށް ވާދަކުރުމުގެ ފުރުޞަތާއި މިހާރު އޭނާ އަދާކުރާ ކައުންސިލް މެމްބަރުކަން ވެސް ވަނީ ގެއްލިފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ބުނާ ގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ ކައުންސިލަރު ކަމުން ވަކިވާނެތީ، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޭނާއަކަށް ނުލިބޭނެއެވެ.

ވިލިފުށީ ކޯޓުން ޖަބީންގެ މައްޗަށް މި ހުކުމް ކޮށްފައި މިވަނީ 2015 ވަނަ އަހަރުގެ އެޕްރީލް މަަހުގެ 20 ވަނަ ދުވަހު އެމްއާރުޑީސީން މަގު ހެދުމުގެ މަސައްކަތެއް ކުރުމަށް ޖަހާފައިވާ ދަގަނޑެއް އޭނާ އުފުރާލައި، އެއްލާލި މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ހެކީންގެ ހެކިބަހުން ކަމަށް ވިލިފުށީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް