ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 07:38
ވޯލްޑް ބޭންކުން ދިން އެހީގެ ދަށުން ފިލިޕީންސްގެ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
ވޯލްޑް ބޭންކުން ދިން އެހީގެ ދަށުން ފިލިޕީންސްގެ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
އަލްޖަޒީރާ
ކޮވިޑް-19 ފިލިޕީންސްގެ ޙާލަތު
ވޯލްޑް ބޭންކުން ފިލިޕީންސްއަށް 500 މިލިއަން ޑޮލަރުގެ އެހީއެއް!
 
ފިލިޕީންސްގައި މިހާތަނަށް 15000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވޭ
 
މި އެހީގެ ދަށުން ފަޤީރު އާބާދީތަކާއި، ކުދި ވިޔަފާރިތަކަށްވެސް އެހީވާނެ
 
އިޤްތިސާދީ ގެއްލުންތަކުން އަރައިގަނެ، ވަޒީފާ ގެއްލިފައިވާ ރައްޔިތުންނަށް އެހީވާނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ވޯލްޑް ބޭންކުން ފިލިޕީންސްއަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ވޯލްޑް ބޭންކް ގުރޫޕުން ފިލިޕީންސްއަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާއިރު، މިއީ އެ ޤައުމަށް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ ގެއްލުންތަކުން އަރައިގަނެ، ވަޒީފާ ގެއްލިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ދީފައިވާ އެހީއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން، މި އެހީގެ ދަށުން ފަޤީރު އާބާދީތަކާއި، ކުދި ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ދުވަސްތަކެެއްގެ ލޮކްޑައުންއަށް ފަހު ފިލިޕީންސްގައި ފިޔަވަޅުތަކަށް ލުއެއް ދިނުމުގެ މަޝްވަރާތައް ކޮށްފައިވާއިރު، އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދެއްވާނެކަން އެ ޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ އިޤްތިސާދީ ހަރަކާތްތައްވެސް ފެށިގެން ދާނެކަމަށް ބޭރުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން މީގެ ކުރިންވެސް ވަނީ ފިލިޕީންސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ މަހުވެސް ވޯލްޑް ބޭންކުން ވަނީ 600 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ އެޕްރޫވްކޮށް، ފިލިޕީންސްގެ އިމަރޖެންސީ ރެސްޕޮންސް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފިލިޕީންސްގައި މިހާތަނަށް 15000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، 900ށް ވުރެ ގިނަ މީހުން ވައިރަސްގައި މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް