ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 02:07
ކީރިތި ރަސޫލާގެ މިސްކިތް- މީގެ އިތުރުންވެސް ސައުދީގެ 90،000ށް ވުރެ ގިނަ މިސްކިތްތައް ހުޅުވާލުމަށް ވަނީ ނިންމާފައި
ކީރިތި ރަސޫލާގެ މިސްކިތް- މީގެ އިތުރުންވެސް ސައުދީގެ 90،000ށް ވުރެ ގިނަ މިސްކިތްތައް ހުޅުވާލުމަށް ވަނީ ނިންމާފައި
ސައުދީގެޒެޓް
ކޮވިދް-10: ސައުދީގެ ޙާލަތު
ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު، އާދިއްތަ ދުވަހުން ފެށިގެން މަސްޖިދުއް ނަބަވީ ހުޅުވާލަނީ
މަސްޖިދުއް ނަބަވީ ހުޅުވުމަށް ސައުދީ ރަސްގެފާނު ވަނީ ނިންމަވާފައި
އޭގެ އިތުރުންވެސް ސައުދީ އަރަބިއާގެ 90،000ށް ވުރެ ގިނަ މިސްކިތްތައް ހުޅުވާލާނެ
ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަ ކޮށްފައި

ދެމަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަލުން ހުޅުވުމަށް ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިޔަވަހިތަކަކަށް ބަހާލައިގެން މަސްޖިދުއް ނަބަވީ ހުޅުވުމަށް ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލް އަޒީޒް ނިންމަވާފައިވާކަން ސައުދީ ގެޒެޓްގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން މިސްކިތް އަލުން ހުޅުވުމަށް ނިންމާފައިވަނީ މިހިނގާ މެއި މަހުގެ 31 ވާ އާދިއްތަ ދުވަހުކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އޭގެ އިތުރުން، ސައުދީ އަރަބިއާގެ 90،000ށް ވުރެ ގިނަ މިސްކިތްތައް ހުޅުވާލުމަށް ނިންމައި އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ކޯލް އެންޑް ގައިޑެންސް އިން ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. އެގޮތުން މިސްކިތްތައް އަލުން ހުޅުވާލަން ތައްޔާރުވަމުން ދާއިރު، މީޑިއާ މެދުވެރިކޮށް ޢާންމުން ޢަމަލުކުރަން ޖެހޭ ބައިނަލްއަޤުވާމީ މިންގަޑުތަކާއި، އަދި މިސްކިތައް ޖަމާޢަތަށް ދިއުމުގައި ޢަމަލު ކުރަންޖެހޭ ޢާންމު އުޞޫލުތަކަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެއް ވެސް މިހާރު ވަނީ ފަށާފަ އެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައިވާއިރު، މިސްކިތައް ދިއުމުގެ ކުރިން ގޭގައި ވުޟޫކޮށް، މިސްކިތައް ދިމުގެ ކުރިންނާއި ގެއަށް އަނބުރާ އައުމަށް ފަހު، އަތްދޮވެ ސެނިޓައިޒްކުރުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކައް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ގޭގައި ނަމާދު ކުރުމަށް އެންގުން ފަދަ ފިޔަވަޅުތައް މިހާރު ވަނީ އަޅާފަ އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ސައުދީ އަރަބިއްޔާގައި މެދުކަނޑާލީ މާރޗު މަހުގެ ތެރޭގައެވެ. އަދި މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ނަމާދަށް ބަންގި ގޮވުމަށް އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް