ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 23:22
މަޚްލޫފް އެޑްމިޓް ކުރީ އޭނާއަށް ޖަހަން ޖެހޭ އިންޖެކްޝަންއެއް ޖެހުމަށް
މަޚްލޫފް އެޑްމިޓް ކުރީ އޭނާއަށް ޖަހަން ޖެހޭ އިންޖެކްޝަންއެއް ޖެހުމަށް
ރާއްޖެއެމްވީ
މަޚްލޫފު އައިޖީއެމްއެޗުގައި
މަޚްލޫފު އެޑްމިޓްކުރީ އިންޖެކްޝަން ޖެހުމަށްފަހު އޮބްޒަވޭޝަން އަށް: އާއިލާ
އިންޖެކްޝަން ޖަހަން ޖެހެނީ އޭނާއަށް ކުރިމަތިވަމުންދާ އެލާޖީގެ މައްސަލަތަކާއި ގުޅިގެން
މަޚްލޫފްގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އައިޕީޔޫއިން ވަނީ ގޮވާލާފައި

ޖަލުހު ކުމެއް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނީ، އޭނާއަށް ކުރިމަތިވަމުންދާ އެލާޖީގެ މައްސަލަތަކާ ގުޅިގެން ޖަހަންޖެހޭ އިންޖެކްޝަންގެ ދެވަނަ ޑޯޒް ދިނުމަށް ކަމަށް އޭނާގެ އަނބިކަނބަލުން ނަޒުރާ ނަސީމް ވިދާޅުވެއްޖެއެވެ.


ނަޒްރާ ވިދާޅުވީ، ބޭސްފަރުވާ ފުރިހަމަކުރުމަށް އިންޑިއާއަށް ދިއުމުގެ ފުރުޞަތު ދީފައިނުވާތީ، އޭނާއަށް ޖަހަން ޖެހޭ އިންޖެކްޝަން ހޯދުމަށް އެދުމުން ކަރެކްޝަންސުން އެ އިންޖެކްޝަން ހޯދައި ދިނުމުން ބުރާސްފަތި ދުވަހުގެ 1.00 ގައި އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެ އިންޖެކްޝަން މިހާރު ޖަހާފައިވާކަމަށެވެ. އަދި 24 ގަޑިއިރު އޮބްޒާވް ކުރަން ޖެހޭތީ، މިހާރު އެޑްމިޓްކޮށްފައި އޮތްކަމަށެވެ.



މަޚްލޫފަށް ދިމާވެފައިވާ ހަމުގެ މައްސަލާގައި މިދިޔަ ފެބްރުއަރީމަހު ވަނީ އިންޑިއާއަށް ވަޑައިގެން ފުރަތަމަ އިންޖެކްޝަން ޖައްސަވާފައިވާ އިރު، އެ އިންޖެކްޝަނަކީ ވަކިގޮތަކަށް ޖަހާ އިންޖެކްޝަނަކަށް ވުމުން އެ އިންޖެކްޝަން ޖެހީ ހަމުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށް ވެސް ޢާއިލާއިން ބުންޏެވެ.

މަޚްލޫފްގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިންވެސް ގޮވާލާ، އެ ޔޫނިއަނުން ބުނީ މަޚުލޫފަށް ކޮށްފައިވަނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ހުކުމެއް ކަމަށެވެ.



ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަހާއި 24 ދުވަހަށް މަހުލޫފް ޖަލަށް ލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އޭގެ ތެރެއިން އެއް ހުކުމް މިހާރުވަނީ ތަންފީޒުކޮށް ނިމިފައެވެ.

މި ދެމައްސަލަވެސް ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާފައިވީ ނަމަވެސް މިހާތަނަށްވެސް މައްސަލައިގެ ޝަރީއަތެއް ބާއްވާފައެއް ނުވެއެވެ.

- ކޮމެންޓް