Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 21:18
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މުހައްމަދު ޝަރުހާން
ފުލުހަކު މަރުވުން
ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
އިންޑިއާގައި މަރުވެފައި ވަނީ ފިރިހެން ދިވެހި ފުލުހެއް ކަމަށް ވޭ
އެނިގައިވާ ގޮތުގައި އޭނާ މަސައްކަތް ކުރަނީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުގައި
މަރުވި ފުލުސް މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރޭ

އިންޑިއާގައި ކިޔަވަމުން ދިޔަ ދިވެހި ފުލަހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ރާއްޖެެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާގައި ކިޔަވަމުން ދިޔަ ދިވެހި ފުލުހަކު މަރުވެފައިވާކަން ކަށަވަރު ކުރަމުންދާ ކަަމަށާއި އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ..

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގައި މަރުވެފައި ވަނީ ބިލާލް ނަމަކަށް ކިޔާ ދިވެހި ފުލުހެކެވެ. އަދި އޭނާއަކީ ފުލުހުންގެ ފޮރިންސިކް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ އޮފިސަރެއްކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރުދާއިދި ފަހުން ބަންގަލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް ވެސް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ދިވެހިފުލުންނާއި ބަންގަލަދޭޝް ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް