ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 17:34
މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައެޅުމަށް ނަތީޖާ ކަށަވަރު ކުރެވޭނެ އިތުރު ލިއުމެއް ބޭނުންވާނަމަ އެކަން ވަނީ އިންތިޒާމް ކުރެވިފައި
މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައެޅުމަށް ނަތީޖާ ކަށަވަރު ކުރެވޭނެ އިތުރު ލިއުމެއް ބޭނުންވާނަމަ އެކަން ވަނީ އިންތިޒާމް ކުރެވިފައި
ރާއްޖެއެމްވީ
އޭލެވެލް އަދި އޯލެވެލް އިމްތިޙާނު
ސެޓްފިކެޓް ލިބުން ލަސްވާ ކުދިންނަށް ޓްރާންސްކްރިޕްޓާއެކު މަތީ ތައުލީމުގެ ފުރުސަތަށް ހުށައެޅޭނެ
ސެޓްފިކެޓުތައް ނުލިބި ލަސްވާކަމުގެ ޝަކުވާތަކެއް ހުށައެޅިފައިވޭ
ސެޓްފިކެޓުތައް ޕްރިންޓް ކުރާނީ ރީޗެކް މަރުޙަލާނިމި ދަރިވަރުންގެ ނަތީޖާ ކަށަވަރު ވުމުން
ތީޖާ ކަށަވަރު ކުރުމަށް އިތުރު ލިއުމެއް ބޭނުންވާނަމަ ޑީޕީއީއަށް ހުށައެޅޭނެ

ސެޓްފިކެޓް ލިބުން ލަސްވާ ކުދިންނަށް ނަތީޖާގެ ޓްރާންސްކްރިޕްޓާއެކު މަތީ ތައުލީމުގެ ފުރުސަތަށް ހުށައެޅޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެންބަރު ގައި އޭލެވެލް އަދި އޯލެވެލް އިމްތިޙާނު ހެދި ދަރިވަރުންނަށް ސެޓްފިކެޓުތައް ނުލިބި ލަސްވާކަމުގެ ޝަކުވާތަކެއް ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން ސެޓްފިކެޓުތައް ޕްރިންޓް ކުރާނީ ރީޗެކް މަރުޙަލާ ނިމި ދަރިވަރުންގެ ނަތީޖާ ކަށަވަރު ވުމުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ސެޓްފިކެޓުތައް ތައްޔާރުކުރާ ޤައުމުތަކުގެ ބޯޑަރުވެސް ބަންދުކޮށްފައިުވުމާއެކު، އެކަމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ސެޓްފިކެޓުތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، ނަމަވެސް އޭގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައަޅަން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ދޫކޮށްފައިވާ ނަތީޖާ ސްކްރިޕްޓް ހުށައެޅިދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، ނަތީޖާ ކަށަވަރު ކުރުމަށް އިތުރު ލިއުމެއް ބޭނުންވާނަމަ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް މެއިލްއަކުން ހުށައެޅުމުން އެފަދަ ލިޔުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް
22 މެއި 2020 | ހުކުރު 02:48
ސްކޫލް
އެޑިޔުކޭޝަންގައި ހުރީ ކޮރަޕްޓް މިނިސްޓަރެއް.އަހަރެން މީ ސްކޫލެއްގެ މުސާރަ ޝީޓްތައްޔާރު ކުރާ މީހެއް. ކޮވިޑް19 އާއި ގުޅިގެން ސްކޫލް ބަންދުކޮށްފައިވަނިކޮށް ޕްރިންސިޕަލުންނަށް 33% އިތުރުގަޑިއަށް ދީފައިވާނެ. މިކަން ކުރީ އެޑިޔުކޭޝަން މިނިސްޓަރގެ އޯޑަރަށް. އަދި ޕްރިންސިޕަލަށް އޯޓީ ލިޔަންވެސްނުޖެހޭ. އަހަރެން ސުވާލަކީ ސްކޫލްތައް ބަންދުކޮށްފައި ރަސްމީ އަދި ނުރަސްމީ ގަޑީގައި ޕްރިންސިޕަލް ކުރީ ކޮން މަސައްކަތެއްބާ؟ މިދިޔަ 2 މަސްދުވަހުވެސް އެއްވެސް މަސައްކަތެއް ނުކޮށް ޕްރިންސިޕަލަށް އޯޓީ ދިން.