Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 01:26
އިބްރާހިމް ހަނީފް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއެކު
އިބްރާހިމް ހަނީފް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއެކު
ފޭސްބުކް
ފަނޑިޔާރު ޝުޖާއު
ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ހަނީފްގެ ބަންދަށް 10 ދުވަސް!
ފަނޑިޔާރު ޝުޖާއުއާއި ހަނީފަކީ ގއ. ވިލިނގިލީ ދެ ބޭފުޅުން
ހަނީފްގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފަ
ހެއްކަކަށް ބޭނުންކުރަނީ އޯޑިއޯއަކާއި ކޯޑިނޭޓަރެއްގެ ބަޔާނެއް

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

 

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ އިރައިކޮޅުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން އަންގާރަ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

 

ހަނީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި އޭނާ ބަހައްޓައިގެން ފުލުހުންގެ ތަހުގީގުކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފްއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.

 

ފުލުހުންގެ ވަނީ ފަނޑިޔާރު ޝުޖާއުއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކުރިކަމާއި މައްސަަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގައި ހަނީފް ހުންނަ ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށެވެ. އަދި އޭނާއަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަރާތެވެ.

 

ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ހަނީފަކީ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެއިންގެ އަރިސް ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް