މިހާތަނަށް ކޮވިޑް-19ށް 873.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަ ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ކޮވިޑްގެ ތަފާސްހިސާބުތައްދައްކާގޮތުން މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 873.3 މިލިއަން ރުފިޔާ ޚަރަދު ވެއެވެ.
ކޮވިޑަށް ޚަރަދު ކުރި ތަފާސް ހިސާބުގެ ފުރަތަމަ ހަފުތާގައި ދައްކާ ގޮތުން 665.4 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އަދި އޭގެ ފަހުން ދެވަނަ ހަފުތާގައި ހަރަދުކޮށްފައި ވަނީ 148.8 މިލިއަން ރުފިޔާ އެވެ. އަދި ނިމިގެން ދިޔަ ހަފުތާގައި ހަރަދު ކޮށްފައިވަނީ 59.1 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ހަފުތާގައި އެންމެ ގިނަ ޚަރަދުތައް ހިނގާފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ. އެގޮތުން މިދިޔަ ހަފުތާގައި 55.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި އެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން ހަރަދުތައް ކޮށްފައި ވަނީ ސިއްހީ ސާމާނު ހޯދުމަށެވެ.
ފުރަތަމަ ހަފުތާއަށްވުރެ ދެވަނަ ހަފުތާގައި ހޭދަކުރި މިންވަރު ވަނީ 148.8 މިލިއަން އިތުރު ވެއެވެ. އަދި ދެވަނަ ހަފުތާއަށްވުރެ ތިން ވަނަ ހަފުތާގައި ހަރަދުކުރި މިންވަރު ވަނީ ދަށްވެ ފައެވެ. އެގޮތުން ތިންވަނަ ހަފުތާގައި ހަރަދުކޮށްފައި ވަނީ 59.1 މިލިއަން ރުފިޔާ އެވެ.
ތިންވަނަ ހަފުތާއާ ހަމައަށް ތަފާސް ހިސާބުތައް ދައްކާގޮތުން އެންޑީއެމްއޭއިން ވަނީ 665.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ވަނީ 135.7 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. ދެން އެންމެ ގިނައިން ހޭދަ ކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ވަނީ 28 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީން 26.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.