ކ. މާލެ
|
20 މެއި 2020 | ބުދަ 17:51
ހުޅަނގު މޫސުމުގެ ވިއްސާރަ، މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހެނީ
ހުޅަނގު މޫސުމުގެ ވިއްސާރަ، މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހެނީ
ރާއްޖެއެމްވީ
މޫސުން ކުރިޔަށް ލަފާ ކުރާގޮތް
ހުޅަނގު މޫސުމުގެ ވިއްސާރަ: ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމަޔަށް ޔެލޯ އެލަރޓް ނެރެފި
އެ ޞަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ
ލޯ އެލަރޓް އެ ސަރަހައްދަށް ނެރެފައި ވަނީ ބުދަ ދުވަހުގެ ހަވީރު1700ން 2100ށް
ކަނޑު ގަދަވެ، އުދަ އެރާނެކަމަށް ލަފާކުރޭ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ.އަތޮޅާއި ހަމަޔަށް ޔެލޯ އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމަޔަށް ޔެލޯ އެލަރޓް ނެރެމުން ބުނެފައި ވަނީ އެ ޞަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ޔެލޯ އެލަރޓް އެ ސަރަހައްދަށް ނެރެފައި ވަނީ ބުދަ ދުވަހުގެ ހަވީރު 1700ން 2100ށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

- ކޮމެންޓް