ކ. މާލެ
|
20 މެއި 2020 | ބުދަ 16:55
އއ.ފެރިދޫ
އއ.ފެރިދޫ
ފޭސްބުކް
ހުއްދަ ނުހޯދާ ރަށްރަށަށް އަރާ މައްސަލަ
ހުއްދަނެތި އއ. ފެރިދޫން ފުރައިގެން ދިޔަ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 2 ފިރިހެނުން
ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރު ކޮށްފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ހުއްދަނެތި އއ. ފެރިދޫން ފުރައިގެން ދިޔަ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައި ވަނީ، މެއި 19 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އއ. ފެރިދޫ ކައުންސިލް އިދާރާ އަދި ޓާސްކް ފޯރސްގެ ހުއްދަ ނެތި ދެ މީހުން ދޯންޏެއްގައި ފުރައިގެން ދިޔަ މައްސަލައެއް ރިޕޯޓު ކޮށްފައިިވާ ކަމަށެވެ. އެގޮތުން މެއި މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 37 އަހަރާއި އަދި 20 އަހަރުގެ ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށްޓަކައި ރަށްރަށަށް އަރައި ފޭބުން މަނާކޮށްފައި އޮއްވާ ބައެއް މީހުން ދަނީ ޤަވައިދާ ޚިލާފަށް އެކި ރަށްރަށަށް އަރަމުންނެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާނު ކޮށްފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ދެކޮޅު ހަދާނަމަ، ޤާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެން ވެއެވެ. އެގޮތުން ކަރަންޓީނަށް ދާން ދެކޮޅުހެދުމާއި، ސާމްޕަލް ނެގުމަށް ދެކޮޅު ހަދައިފިނަމަ، ކޯޓު ޢަމުރެއްގެ ދަށުން އެކަންކަން ކުރުމުގެ ބާރުވެސް ޤާނޫނުން ލިބިދެއެވެ. މިހާރުވެސް މިފަދަ ބައެއް ފަރާތްތަކާމެދު ސިވިލް ކޯޓުން ޢަމުރުތައް ނެރެފައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް