Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 20:38
އއ. ރަސްދޫ
އއ. ރަސްދޫ
ފޭސްބުކް
ރަސްދޫ ކައުންސިލް އިދާރާ
ރަސްދޫ ކައުންސިލް އޮފީސް ފަޅާލައި، ހާޑު ޑިސްކްތައް ވަގަށް ނަގައިފި
ވަގަށް ގެންގޮސްފައިވަނީ ކައުންސިލަރުންގެ ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް
ޕެޓީ ކޭޝްގެ ގޮތުގައި ހުރި 1800ރ އާވެސް ވަގަށްނަގާފައިވޭ
އެކިތަންތާނގައި ހުތުރުބަހުން ލިޔެފައިވެސް ވޭ

އއ. ރަސްދޫ ކައުންސިލް އިދާރާ ފަޅާލައި، ކައުންސިލަރުންގެ ކޮމްޕިއުޓަރ ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް ވަގަށް ނަގައިފި އެވެ.

ބުދަ ދުވަހު ރަސްދޫ ކައުންސިލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކައުންސިލް އޮފީސް ފަޅާލާފައިވަނީ އަންގާރަ ދުވަހުގެ ރޭ ވަގުތެއްގަ ކަމަށް ބެލެވޭ ކަމަށާއި ކައުންސިލް އިދާރާއަށް ވަދެފައިވަނީ އެއިދާރާގެ ބިއްދޮށް ފަރާތުގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ވަގަށް ނަގާފައިވަނީ އެ އިދާރާގެ ޕެޓީ ކޭޝްގެ ގޮތުގައި ހުރި 1800ރ އާއި ކައުންސިލަރުން ބޭނުންކުރާ ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް ކަމަށެވެ.

މީގެ އިތުރުން އިދާރާގެ އެކިތަންތަނުގައާއި ބައެއް ސްލިޕްތަކުގައި ވެސް ހުތުރު ބަހުން ލިޔެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ކައުންސިލް އިދާރާއަށް ފުލުހުން އައިސް ތަހުގީގު ކުރުމަށް ބޭނުންވާ ހެކިތައް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުދަ ދުވަހުގެ ހެނދުނު 07:45 ހާއިރު ރަސްދޫ ކައުންސިލްގެ އިދާރާ ފަޅާލި ގެއްލުން ދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް