ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ހަ މީހަކު ބަލިން ފަސޭހަވެ ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 86ށް އަރައިފި އެވެ.
އެންމެ ފަހުން ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާ ގޮތުން ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 80 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. އަދި އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް 86 މީހުން ރަނަގަޅުވެފައިވާ ކަމަށާއި ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަންގާރަ ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް 12 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި 2 ދިވެހިން ކަަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19, 1143 މީހުންނަށް ޖެހިފައިވާއިރު 4 މީހަކު ވަނީ ރާއްޖެއިން ނިޔާވެފަ އެވެ.