ކ. މާލެ
|
19 މެއި 2020 | އަންގާރަ 19:52
އދ. މަހިބަދޫގައި މިއެކްސިޑެންޓް ހިނގީ ދެސައިލެއް ޖެހިގެން
އދ. މަހިބަދޫގައި މިއެކްސިޑެންޓް ހިނގީ ދެސައިލެއް ޖެހިގެން
ގޫގުލް
މާރާމާރީގެ މައްސަލަ
މަހިބަދޫގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
އެމީހާގެ އުމުރަކީ 54 އަހަރު
މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
28 އަހަރުގެ މީހާގެ އަތުގައި ލައިސެންސް ނެތް

އދ. މަހިބަދޫގައި 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ 11:25 އެހާކަން ހާއިރު މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވި 28 އަހަރުގެ ދިވެހި ފިރިހެނަކާއި، އަނެއް ސައިކަލު ފަހަތުގައި އިން 54 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

54 އަހަރުގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިން 28 އަހަރުގެ މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށެވެ. އަދި އަނެއް ސައިކަލު ދުއްވި 48 އަހަރުގެ މީހާގެ އަތުގައި ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.

މިއެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް